މި އަހަރުގެ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެ ވަގުތުތަކުގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިއީ މިފަހުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ވޭތުވި އަހަރުތަކުގައި ވެސް އީދާއި އެހެން ބޮޑެތި ބަންދުތަކާ ގުޅުވައިގެން ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރެ އެވެ..
މި ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ވެހިކަލްތަަކަށް ދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.












