އުރީދޫގެ އާ އޮފީސް އިމާރާތުގެ ސްޓްރަކްޗާ ނުވަ މަސް ދުވަހުން ނިންމައިފި

އުރީދޫ އޮފީސް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކުރަނީ: މި އިމާރާތުގެ ސްޓްރަކްޗާ ނިންމާލީ ނުވަ މަސް ދުވަހުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އުރީދޫ އޮފީސް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކުރަނީ: މި އިމާރާތުގެ ސްޓްރަކްޗާ ނިންމާލީ ނުވަ މަސް ދުވަހުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އުރީދޫ މޯލްޑިވްސްއިން ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮތް ބިމެއްގައި އިމާރާތްކުރާއެ ކުންފުނީގެ އާ އޮފީސް އިމާރާތުގެ ސްޓްރަކްޗާ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

ޒަމާނީ ފެންވަރަށް އިމާރާތްކުރާ އުރީދޫގެ މި އޮފީސް އިމާރާތުގައި ބޭސްމެންޓަކާ އެކު 11 ފަންގިފިލާ ހުރެ އެވެ. އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެސްސީއީސީ) އާ އެވެ.

މި އިމާރާތުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރަސްމީކޮށް ފެށި ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފައުންްޑޭޝަނާއި ބޭސްމަންޓުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. މުޅި ސްޓްރަކްޗާގެ މަސައްކަތް ނިންމަން ނެގީ ނުވަ މަސް ދުވަހެވެ.

އެންމެ ފަހުން ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމަދީ ވިދާޅުވި ގޮތުގައި އަމާޒަކީ އަންނަ އަހަރު މަސައްކަތް އެއްކޮށް ނިންމާ، ދެވަނަ ކުއާޓަރުގައި އޮފީސް ބޭނުންކުރަން ފެށުމެވެ.

ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަރުމާކޮށްފައިވާ މި އިމާރާތުގައި ވާރޭފެން ރައްކާކުރެވޭނެ ނިޒާމާއި އެނާޖީ ސޭވިން ފެސިލިޓީ ހުންނާނެ އެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ފެސިލިޓީތަކާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަ ޑޭ ކެއާ ފަދަ ފެސިލިޓީތައް ވެސް ގާއިމުކުރަން ވަނީ ރާވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox