ވިނަރެސް ފްލެޓުތައް ވިއްކާލަން ހުޅުވާލައިފި

ވިނަރެސް ފްލެޓުތައް: މިތަނުގައި ހުންނަނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިނަރެސް ފްލެޓުތައް: މިތަނުގައި ހުންނަނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ވިނަރެސް" ފްލެޓުތައް ގަންނަން ފޯމު ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

ވިނަރެސް އަކީ އެޗްޑީސީން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ތެރެއިން 11-13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތްކޮށް ނިމިފަ އެވެ.

އެ ޓަވަރުތަކުގައި ހުންނަނީ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެގޮތުން ޖުމްލަ 1344 އެޕާޓްމަންޓު ހުރެ އެވެ. "މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.

އެ ފްލެޓުތައް ވިއްކާލަން ފޯމު ހުށަހަޅަން އެޗްޑީސީން ކުރި އިއުލާނުގައި ބުނި ގޮތުގައި، މިހާރު އެޗްޑީސީގެ އޮންލައިން ޕޯޓަލުން އެޕާޓްމަންޓު ގަންނަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 12:00 އެވެ.

ވިނަރެސް ފްލެޓުތަކާ ގުޅޭ މުހިންމު މައުލޫމާތު

  • އެޕާޓްމަންޓެއްގެ އަގު އުޅެނީ 2.5-3 މިލިއަން ރުފިޔާއާ ދެމެދު
  • ޝަރުތަކީ 18 އަހަރުފުރިފައިވާ މާލޭ ރަށްވެއްސަކަށްވުން ނުވަތަ މާލޭގެ ރަށްވެއްސެއް ނޫނަސް ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވުން
  • އެއްވެސް ބިމެއް ނޫނީ އެޕާޓްމަންޓެއް މީގެ ކުރިން ގަނެފައިވާނަމަ ކުރިމަތި ނުލެވޭނެ ނުވަތަ ސަރުކާރުގެ މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެސް ނުލިބޭނެ
  • މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 61،000ރ. އަށް ވުރެ ބޮޑު ވާނަމަ ބައިވެރި ނުވެވޭނެ
  • އެޕާޓްމަންޓަށް ފައިސާ ދައްކަމުން ގޮސް ތަން އަމިއްލަކުރެވޭ (ހަޔާ ޕާޗޭސް މޮޑެލް)
  • އެއް ފަހަރާ ފައިސާ ދެއްކައިގެންނާއި ބޭންކުތައް ފަދަ މާލީ އިދާރާއެއް މެދުވެރިކޮށް (އެންޑް ޔޫސާ ފައިނޭންސް ޕޭމަންޓް މޮޑެލް) ފައިސާ ދެއްކޭ

އެއީ ވިއްކާލާ އެޕާޓްމަންޓުތަކެއް ނަމަވެސް، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅަނީ ޕޮއިންޓް ދީގެންނެވެ. އެގޮތުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓު ލިބޭނީ އެންމެ ގިނައިން ޕޮއިންޓު ލިބޭ މީހުންގެ ތަރުތީބުންނެވެ.

ވިނަރެސް ފްލެޓުތަކަށް ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުގައި ޕޮއިންޓް ދެނީ ބޯހިޔާވަހިކަމުގެ ހާލަތާއި ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދުގެ އިތުރުން ބަދިގެ އާއި ލިވިން އޭރިއާގެ ޖާގަ އަދި ފާހަނާ ބޭނުންކުރާ މީހުންގެ އަދަދަށް ބިނާކޮށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް ލިބެ އެވެ.

ޕޮއިންޓް ލިބޭނެ ގޮތުގެ ތަފްސީލުތައް އެޗްޑީސީގެ އިއުލާނުން ފެންނާނެ އެވެ.

އެޗްޑީސީން މިހާތަނަށް ދީފައިވާ މައުލޫމާތަށް ބަލާއިރު މި ފްލެޓުތައް ގަންނަން ގިނަ ބަޔެއްގެ ޝައުގުވެރިކަން އެބަހުއްޓެވެ. އެގޮތުން މިތަނުގެ މޮކްއަޕް އެޕާޓްމަންޓުތައް ދައްކާލަން ހުޅުވާލި ފުރުސަތުގައި 15،000 އަށް ވުރެ ގިނަ މީހުން މި އެޕާޓްމަންޓުތައް ބަލާލަށް ދިޔަ އެވެ.

ޑިމާންޑު އޮތް ނަމަވެސް އެތަން ބަލާލަން ދިޔަ ބައެއް މީހުން ވަނީ އަގު ބޮޑު ކަމަށް ބުނެފަ އެވެ. އެކަމަކު މިއީ މިހާތަނަށް ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެޕާޓްމަންޓުތައް ކަމަށް އެތަން ބަލާލަން ދިޔަ މީހުންނާއި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox