5 އަހަރުގެ ތެރޭގައި 179 ކިލޯގެ ޑްރަގްސް އަތުލައިގަތް، ގިނައީ ކެނެބިސް އަދި ކޮކެއިން

މާލޭ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރަކުން މަސްތުވާތަކެތި ފެނިގެން ބަލާފާސްކުރަނީ: މި އަހަރު އެކަނިވެސް ކަސްޓަމްސްއިން 25 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ. -- ފޮޓޯ: އަދަދު ފައިލް

މާލޭ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރަކުން މަސްތުވާތަކެތި ފެނިގެން ބަލާފާސްކުރަނީ: މި އަހަރު އެކަނިވެސް ކަސްޓަމްސްއިން 25 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ. -- ފޮޓޯ: އަދަދު ފައިލް

މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވި ފަސް އަހަރުގެ ތެރޭގައި 179 ކިލޯގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސްއަކީ ރާއްޖޭގެ ބޯޑަރުތަކުން އެތެރެވޭ މުދަލާއި ބޭރުވާ މުދަލާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މައި ޒިންމާ އުފުލާ އިދާރާ އެވެ. މިގޮތުން ކޮމާޝަލް ޕޯޓުތަކާއި އެއާޕޯޓުތަކަށް އަންނަ މުދަލާއި މީހުންގެ މުދާ އިންސްޕެކްޓް ކުރުމަށް ފަހު ރާއްޖެ އެތެރެވާން ހުއްދަ ދެނީ ކަސްޓަމުންނެވެ.

މައުލޫމާތު ހޯދާ ލިބުމުގެ ގާނޫނުގެ ދަށުން އެ އިދާރާއިން "އަދަދު" ނޫހާ ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި 2017-2022 ގެ މެއި މަހުގެ ނިޔަލަށް އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހަ ބާވަތެއް ހިމެނެ އެވެ. އެއީ ކެނެބިސް އާއި ކޮކެއިން އާއި ހެރޮއިން އާއި އެލްއެސްޑީގެ އިތުރުން ސައިކޯޓްރިޕިކް ޑްރަގްސް (އެމްޑީއެމްއޭ) އާއި އޮޕިއަމް ޕޮޕީ ހިމެނެ އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ކެނެބިސް އެވެ. ދެން އެންމެ ގިނައިން އަތުލައިގެންފައި ވަނީ ކޮކެއިން އާއި ހެރޮއިން އެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއަށް އެތެރެކުރަނީ މި ތިން ބާވަތެވެ. ނަމަވެސް ވޭތުވި އަހަރުތަކުގެ ތެރޭގައި ސައިކޯޓްރިޕިކް ޑްރަގްސް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.

ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން

  • ކެނެބިސް - 71.4 ކިލޯ
  • ކޮކެއިން - 66.8 ކިލޯ
  • ހެރޮއިން - 27.7 ކިލޯ
  • ސައިކޯޓްރޮޕިކް ޑްރަގްސް - 13.5 ކިލޯ
  • އެލްއެސްޑީ - 360 ސްޓިކާ
  • އޮޕިއަމް ޕޮޕީ ސްޓްރޯ - 358 އެތިކޮޅު

އަތުލައިގަތް މަސްތުވާތަކެތީގެ އަދަދުތަކުގެ އިތުރުން، ކަސްޓަމުން ވަނީ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ގޮތް ވެސް ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުން ދައްކާ ގޮތުގައި އަދިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަނީ ރާއްޖެ އަންނަ ފަސިންޖަރުންނެވެ.

އެކަމަކު މި މުއްދަތުގެ ތެރޭގައި ކުރިއާ މެއިލް މެދުވެރިކޮށް އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގަތް ޑްރަގްސްގެ އަދަދަތައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އަދި ކަނޑު މަގުންނާއި ވައިގެ މަގުން ކާގޯގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތް ކުރަނިކޮށް މަދުފަހަރެއްގައި އަތުވި ނަމަވެސް، ބަރުދަަނަށް ބަލާއިރު ނިސްބަތުން ގިނަ އަދަދެއް ވަނީ މިގޮތްގޮތުން އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox