ދެ އިންތިހާބު އެއްކުރަން އުޅެނީ އެކެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރަން: އައިމަން

އައިމަން ރަޝީދު: ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބާރު އެއްކޮށްހެން ކެނޑިގެންދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

އައިމަން ރަޝީދު: ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބާރު އެއްކޮށްހެން ކެނޑިގެންދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން އުޅެނީ އެކެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރަން ކަމަށް ޓްރާންސްޕޭރެންސީގެ ކުރިން މަސައްކަތް ކުރެއްވި އައިމަން ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

"ދެ އިންތިހާބު އެއްކުރަން ނުފެނޭ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިމަން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ތިން ބާރު ވަކިވެފައި އޮތުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ފަނޑިޔާރުގޭގެ ބާރާއި ސަރުކާރު ހިންގުމުގެ ބާރުވެސް އެކަކުގެ ބާރުގެ ދަށަށް ގެންދަން ކަމަށެވެ.

"މި ކުރެވޭ ކަމަކީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާވުމުގެ ކަންކަން ފެށިގެން މިދަނީ. އެ ތަރުތީބު ފެނިގެން މިދަނީ. ހަމަ އެއާ އެއްކޮށް ތިން ބާރު ވަކިވެފައި އޮތުމުގެ ބަދަލުގައި ދެން ވަކިވެގެންދާނީ އެންމެ ބާރަކަށް. ރައްޔިތުންގެ މަޖިލީހުގެ ބާރާއި ފަނޑިޔާރުގޭގެ ބާރާއި އަދި ސަރުކާރު ހިންގުމުގެ ބާރުވެސް އެއް މީހެއްގެ މި ބަދަލުވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބާރު އެއްކޮށްހެން ކެނޑިގެންދާނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ކަންކަމުގައި ބައިވެރިވުމާއި ހިޔާލުފާޅުކުރުންވެސް ގެއްލިގެންދާނެ ކަމަށެވެ.

އޭގެއިތުރުން ތަފާތު ހިޔާވަލެއް، ތަފާތު ފިކުރެއް އޭރެއްގެ ސަރުކާރު ހިންގަން ހުންނަ މީހަކާ ތަފާތު ވިސްނުމެއް ދައުލަތުގައި ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމާއި ރައްޔިތުންގެ ކަންކަން ރައްޔިތުންވެގެން ރައްޔިތުން ނިންމުމުގެ ބާރު މުޅިން ކެނޑިގެން މިދަނީ. ދެން ހިޔާލު ފާޅުކުރުމާއި ރައްޔިތުން ކަންކަމުގައި ބައިވެރިވުމާއި މި ގާނޫނު އަސާސީގެ ފަރުމާއަކީ. އެކަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިގެން މިދަނީ،" އައިމަން ވިދާޅުވި އެވެ.

"އޭގެ މާނައަކީ ތަފާތު ހިޔާލެއް، ތަފާތު ފިކުރެއް އޭރެއްގެ ސަރުކާރު ހިންގަން ހުންނަ މީހަކާ ތަފާތު ވިސްނުމެއް ދައުލަތުގައި ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެއޭ. ހަމަ ހާއްސަ އިރުޝާދުގެ ދަށުން ހިނގާ ނިޒާމަކަށް ބަދަލުވެގެންދާނެ. އެހެންވީމަ އަހަރެއް ދެކޭ ގޮތުގައި މިއީ ދެ އިންތިހާބު އެއްކުރާ ވޯޓެއް ނޫން."

މިއީ ބާރުތައް މަރުކަޒުވެ އެމީހެއްގެ މުށުތެރެއަށް ޖަމާވެ، ގާނޫނުއަސާސީގެ ފަރުމާ މިހާރު މިއޮތް ވަރަށްވުރެ ގެއްލިގެންދާނެ ވޯޓެއްކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ވޯޓަކީ އެންމެ މީހެއްގެ ބާރުގެ ދަށަށް ބާރުތައް ދޫކޮށްލަން އެއްބަސްވުމާ ގުޅޭގޮތުން ނަގާ ވޯޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސުވާލަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ސުވާލެއް ނޫން ކަމަށާއި ސުވާލަކީ މުސްތަގުބަލުގައި ގައުމު ބައްޓަންކުރާނެ ގޮތް ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox