ހާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރިކުރަން މުއިއްޒު އިންކާރު ކުރައްވައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރިކުރަން ރައީސް މުހައްމަދު މުއިއްޒު އިންކާރު ކުރައްވައިފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ހާމަނާއީ އަވަހާރިކޮށްލި މައްސަލައިގައި ދިވެހި ސަރުކާރު ހިމޭނުން އޮތީ ކީއްވެތޯ އާއި އެކަން ކުށްވެރި ނުކުރައްވާނެތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރު ކުރައްވައި އެމަނިކުފާނު ވާހަކަދެއްކެވީ މުޅީން އެހެން މައުލޫއެއްގަ އެވެ.

"މި ހަނގުރާމައިގައި ހަމަ މަރުވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ސުވާލެއް،" ހާމަނާއީ އަވަހާރަވުމަކީ ހިތާމައެއްތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް އިންކާރުކޮށް މުއިއްޒު ވިދާޅުވި އެވެ.

ހާމަނާއީ އަވަހާރަކޮށްލުމުން ދިވެހި ސަރުކާރުން ތައުޒިޔާ ނުކިޔަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެކަމާ ގުޅިގެން ތައުޒިޔާ މެސެޖެއް ނުފޮއްނުވާނެކަމަށް ވިދާޅުނުވާ ކަމަށެވެ. އެއަށްފަހު ވިދާޅުވީ މެދުއިރުމަތީގެ އެހެން އަރަބި ގައުމުތަކާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން ތައުޒިއްޔާގެ މެސެޖެއް ނުފޮނުއްވާނަމެކޭ، އަޅުގަނޑު ދެންނެވީ އަރަބި އިސްލާމީ ގައުމުތަކާ އެކީގައޭ މި ސަރުކާރުން މަސައްކަތް ކުރަމުން މި ދަނީ، އަރަަބި އިސްލާމީ ގައުމުތައް އެއް ބްލޮކެއް ގޮތުގައި އެއް ޔުނިޓެއްގެ ގޮތުގައި މި ކަމުގައި މަސައްކަތް ކުރަމުން ދަނީ، އެހެންވީމާ އެ ޔުނިޓީ އަޅުގަނޑުމެން ހިފަހައްޓާނަން، ތައުޒިއްޔާގެ މެސެޖު ނުފޮނުވާނަމެކޭ އަޅުގަނޑު ނުދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެއަށްފަހު އެހެން ނޫސްވެރިއަކު ވަނީ ސާފު ބަހުން ހާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން ކެރިވަޑައިގަންނަވާނެތޯ އެމަނިކުފާނާ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެކަން ކުރަން ކެރިވަޑައިގަންނަވާނޭ ކަމަށެވެ. އެހެންނަމަވެސް، އެކަން ކުށްވެރި ކުރެވޭނީ އަރަބި އިސްލާމީ ގައުމުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނީ، އަރަބި އިސްލާމީ ގައުމުތައް އެއް ބްލޮކެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، ދިވެހިރާއްޖެއާ ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ އިސްވެރިން އަވަހާރަވުމުން އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފައި އޮވެ އެވެ. އެ ގަވާއިދުގައި އޮންނަނީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަވަހާރަވެެއްޖެ ނަމަ، އެއް ދުވަސް ސަރުކާރު ބަންދުކޮށް، ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށެވެ. އެ ގަވާއިދުގައި އޮންނަަ ގޮތުން އެގޮތަށް އަމަލު ކުރަން އަންގަން ޖެހޭނީ ރައީސް އޮފީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox