ޕީއެންސީއާ ދެކޮޅަށް އަބްދުއްރަހީމްގެ ކޮއްކޮ، އަބްދުލްކަރީމް ކައުންސިލަށް ކުރިމަތިލުމުން އޭނާގެ ދަރިފުޅު މަގާމުން ވަކިކޮށްފި

އަބްދުއްރަހީމްއަށް މަޖިލީހުގެ ރައީސްކަން ލިބުމުން އޭނާއަށް މަރުހަބާ ކިޔުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުލްކަރީމް ގުރުއާން ކިޔަވަނީ -- ފޮޓޯ: ފޭސްބުކް

އަބްދުއްރަހީމްއަށް މަޖިލީހުގެ ރައީސްކަން ލިބުމުން އޭނާއަށް މަރުހަބާ ކިޔުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުލްކަރީމް ގުރުއާން ކިޔަވަނީ -- ފޮޓޯ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ގެ އެއްމާބަނޑު ކޮއްކޮ ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް، ލ. ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަގޮތުން ވާދަކުރައްވާތީ، އޭނާގެ އަންހެން ދަރިފުޅު މަގާމުން ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަބްދުލްކަރީމްގެ އަންހެން ދަރިފުޅު، ފާތިމަތު ދުންޔާ އަބްދުލްކަރީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. ނަމަވެސް، އޭނާގެ ބައްޕަ، އަބްދުލްކަރީމް ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ދުންޏާ މިހާރު ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

އަބްދުލްކަރީމް އަދަދު އަށް ވިދާޅުވީ ދުންޔާ މަގާމުން ވަކިކުރީ މަގުބޫލު އެއްވެސް ސަބަބެއް ދައްކާފައި ނޫން ކަމަށެވެ.

Advertisement

"މި މަހު 4، ގައި އޭނާ މަގާމުން ވަކިކުރީ،... އޭނާ މަގާމުން ވަކިކުރީ އޭނާގެ ބައްޕަ އަބްުލްކަރީމް އަބްދުالله ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތި ލާތީ،" އަބްދުލްކަރީމް ވިދާޅުވި އެވެ.

ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލްކަރީމް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އޭނާ އަމިއްލަ ގޮތުން އެ މަގާމަށް ވާދަކުރާއްވާއިރު، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓެއް ވެސް އެ މަގާމަށް ވާދަކުރެ އެވެ. ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ އެ ކައުންސިލުގެ މިހާރުގެ ވެސް ރައީސް، އަހުމަދު ރިޔާޒް އެވެ.

އަބްދުލްކަރީމް އަބްދުالله އަދަދު އަށް ވިދާޅުވީ ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އަދި، އޭނާއަކީ ނުކުޅެދުންތެރިކަން ހުރި ފަރާތަކަށްވީ ނަމަވެސް، އެ މަގާމު އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުން އެއީ ވެސް ކުރިމަތިލުމަށް ނިންމި ވަރަށް ބޮޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަގޮތުން ވާދަކުރަން މި ފަހަރު ނިންމި ހަމަ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުރި މީހުންގެ ތެރޭގައި ވެސް ހަމަ މިކަހަލަ ހިތްވަރެއް ކޮށްލާނެ މީހަކު ހުރިކަން ހާމަކޮށްދިނުމަށްޓަކައި، އަނެއްކާ ގާނޫނުއަސާސީ ހެދި މަޖިލީހުން އަޅުގަނޑުމެން ކަހަލަ މީހުންނަށް ވެސް މި ހައްގު ހޯދައިދީފައި ވާތީ،" އަބްދުލްކަރީމް ވިދާޅުވި އެވެ.

އަބްދުލްކަރީމްއަކީ އުފަންވުމުގައި ވެސް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެކެވެ. މި ވީހައިތަނަށް އޭނާ މަސައްކަތް ކުރަމުން ދިޔައީ ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ގޮތުގަ އެވެ.

ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރަން ނިންމީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށާއި ވަކި މީހަކު ހޮވުނަ ނުދޭން ނޫން ކަމަށް ވެސް އަބްދުލްކަރީމް ވިދާޅުވި އެވެ.

ފޮނަދޫއަކީ މިހާރުގެ މަޖިލިސް ރައީސް، އަބްދުއްރަހީމް އަބްދުالله ގެ ބޮޑު ކޮންޓްރޯލެއް އޮންނަ ރަށެކެވެ. އެ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރަކީ ވެސް އޭނާ އެވެ.

އަބްދުއްރަހީމްއަކީ މި ވެރިކަން ޕީއެންސީއަށް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެކަކެވެ. އެގޮތުން، ރައީސް ޔާމީންއަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ވެރިކަމަށް ނެރޭނެ ބޭފުޅަކު ނެރުމަށް ގަދަފައިވިއްދައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ޓިކެޓު ހޯއްދަވައިދެއްވި ބޭފުޅަކީ ވެސް އަބްދުއްރަހީމް އެވެ.

އަބްދުލްރަހީމްގެ އެއްމާބަނޑު ކޮއްކޮ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވާފައި މި ވަނީ މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރައި، ސިޔާސީ ގޮތުން އަބްދުއްރަހީމްގެ އަޑު ވަރަށް ބޮޑަށް މަޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ރަސްމާލެ ޑީލު މަޑު ޖައްސާލަން ގޮވާލައި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އީގަލް ހިލްސްގެ ވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އެ މަޝްރޫއު މަޑުޖައްސާލުމަށް ވަނީ ގޮވާލާފައި. މި ސިޓީގައި ބިން ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

Newsletter

Get the latest news delivered straight to your inbox