ކެފޭއެއް ތެރޭގައި ބަޔަކު ތިންގަޑިއިރަށް ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ފުލުހުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރުން -- ފޮޓޯ: އަދަދު

ފުލުހުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރުން -- ފޮޓޯ: އަދަދު

ކެފޭއެއް ތެރޭގައި ބަޔަކު ތިން ގަޑިއިރަށް ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގއ. މާމެންދޫ، އިފަން، އިފްހާމް އަހްމަދު، 19، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަސް ވަނީ ޖަހާފަ އެވެ. 

މުއްދަތު މަޖިލީހުގައި ފުލުހުންގެ އައިއޯ ބުނީ ކެފޭ ތެރޭގައި ތިބި މީހުންގެ ފޯނު ނުދީފިނަމަ ފުޅިއަކުން ޖަހާނެ ކަމަށް ބުނެ އިފްހާމް އެމީހުންނަށް ބިރު ދައްކައި، ހުއްދަ ނޫން ގޮތުގައި ތިން ގަޑިއިރު ވަންދެން ހިފެހެއްޓި ކަމަށެވެ. 

Advertisement

މީގެއިތުރުން މީހުން ކުރިމަތީގައި އަނިޔާ ލިބުނު މީހުންގެ ގަދަރާއި އަބުރަށް އުނިކަން އަންނަ ގޮތަށް ފޯނުން ވީޑިއޯކުރި ކަމަށްވެސް އައިއޯ ކޯޓުގައި ބުންޏެވެ. 

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާއިރު، އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓްތައް ހިމެނެ އެވެ. 

މި މައްސަލައިގައި އިފްހާމްގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުވުން އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. 

އިފްހާމްގެ ވަކީލު ކޯޓުގައި ބުނީ އޭނާ ޝަރުތުކޮށް ދޫކޮށްލުމަށް އެދޭ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުކުރުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox