ވެލެންސިއާއާ އެއްވަރުވެ ޔުނައިޓެޑް ވިކްޓަރީ ރެލިގޭޓްވެއްޖެ

Jan 30, 2026, 2:19 PM
ޔުނައިޓެޑް ވިކްޓަރީގެ ފުރުގާން (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އީތަން މަސައްކަތް ކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ޔުނައިޓެޑް ވިކްޓަރީގެ ފުރުގާން (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އީތަން މަސައްކަތް ކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ރެލިގޭޓްވެއްޖެ އެވެ.

ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، އޮޓޮމެޓިކުން ރެލިގޭޓްވާ ދެ މަގާމުގައި، ލީގުގެ އެންމެ ފުލުގައި އޮތް ދެ ޓީމަކީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ އަށް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އިން އިއްޔެ، ކްލަބް އީގަލްސް އަތުން ޕޮއިންޓެއް ހޯދިއިރު، މިއަދު ޔުނައިޓެޑް ވިކްޓަރީ އަށް ކިރިޔާ ވެސް ސަލާމަތްވުމުގެ ފުރުސަތެއް އޮތީ ވެލެންސިއާ ބަލިކޮށްގެންނެވެ. އެކަމަކު، އެ ޓީމަށް ނަތީޖާ ނުނެރެވި، 10 ވަރަކަށް އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނުން ވެއްޓުނީ އެވެ. ޔުނައިޓެޑް ވިކްޓަރީން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.

Advertisement

ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 17 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ވެލެންސިއާ، ނުވަ ވަނައިގައި އޮތީ 17 މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. އަދި، އަށް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 17 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ.

ވެލެންސިއާ އިން ފަހު މެޗުގައި ބައްދަލުކުރަނީ އީގަލްސްއާ އެވެ. ފުރަތަމަ ޑިވިޝަނުގެ ޖާގަ ދަމަހައްޓަން، އެ މެޗުން ވެލެންސިއާ އިން ރަނގަޅު ނަތީޖާ އަކުން މޮޅުވާން މަޖުބޫރެވެ. އަދި، އަނެއްކޮޅުން، ކްލަބް ގްރީން ސްޓްރީޓްސް އަތުން ނިއު ރޭޑިއަންޓް މޮޅުވާން ވެސް ޖެހެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވެލެންސިއާ އަށް ލަނޑެއް ޖަހައިދޭން އެ ޓީމުގެ ޒުވާން ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، އަލީ އާދެލް މުސްތަފާ އަލީ ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެވެ. އަދި، ޔުަނައިޓެޑް ވިކްްޓަރީގެ މިސްރު ފޯވާޑް މުހައްމަދު ސާމިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، ޔުނައިޓެޑް ވިކްޓަރީގެ ހުސެއިން ޝުހާދު ޝުހާން ފޮނުވާލި ބޯޅައެއް ވެލެންސިއާގެ މޮލްޑޯވާ ކީޕަރު، ވިއޮރެލް ބޮއިއާން ވަނީ މަތަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox