ތުރުކީގެ ޓޫރިޒަމް މިނިސްޓަރު ވެލާނާ އެއާޕޯޓުގެ ސީއައިޕީ ޓާމިނަލުގެ ލިފްޓެއްގައި ތާށިވެއްޖެ

ތުރުކީގެ ޓޫރިޒަމް މިނިސްޓަރު ވެލާނާ އެއާޕޯޓުގެ ސީއައިޕީ ޓާމިނަލުގެ ލިފްޓެއްގައި ތާށިވެއްޖެ

ރާއްޖެއަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް އިއްޔެ ވެލާނާ އެއާޕޯޓުގެ ސީއައިޕީ ޓާމިނަލުގައި ހުންނަވަނިކޮށް ތުރުކީގެ ޓޫރިޒަމް މިނިސްޓަރު މެހުމަތު ނޫރީ އާސޯއި ލިފްޓެއްގައި ތާށިވެ ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރިކަން އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އޭނާ އާއެކު އާއިލާގެ ބައެއް މެންބަރުން ވެސް ލިފްޓުގައި ތާށިވި އެވެ. ލިފްޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު މިނިސްޓަރާއި އާއިލާ ނެރުމަށް 35 މިނެޓު ވަރު ހޭދަވިކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ސުވާލުކުރުމުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގިތޯ ޖެހޭނީ ބަލާލަން ކަމަށެވެ.

މެހުމަތު ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިސްތަންބޫލަށް ރޭ ފުރި އެ ގައުމުގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސްގެ ފްލައިޓުންނެވެ.

ފްލައިޓު ރެކޯޑުތައް ބަލަހައްޓާ "ފްލައިޓްރޭޑާ" ގެ މައުލޫމާތުން ދައްކާ ގޮތުގައި 21:55 ގައި ފުރަން ހަމަޖެހިފައި އޮތް ފްލައިޓު ނައްޓާލީ 22:34 ގަ އެވެ. ފާއިތުވި ހަފްތާގައި 22:00 ގެ ކުރިން އެ ފްލައިޓު ރާއްޖެއިން ފުރާކަން އެ މައުލޫމާތުން އެނގެ އެވެ. މި ޑިލޭ އައީ މިނިސްޓަރު ލަސްވުމުގެ ސަބަބުން ކަމެއް ސާފެއް ނުވެ އެވެ.

ޖުލައި 2018، އިން ފެށިގެން މެހުމަތު ފުރުއްވަމުން ގެންދަވަނީ ތުރުކީ ކެބިނެޓުގައި ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރުގެ މަގާމެވެ. ނޮވެމްބަރު 2023، ގައި ތުރުކީއަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގައި އެމަނިކުފާނާ ވެސް މެހުމަތު ބައްދަލުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox