about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން އެގްރީމަންޓްތަކުގައި ސޮއިކޮށް ބިންގާ އެޅިގެންދިޔުމުން، އެ މަޝްރޫއެއްގެ ވައުދު ފުދިގެންދިޔައީ ކަމަށް ވެސް ދެކޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ގަޕޯ ވިދާޅުވީ މި ސަރުކާރުން ގަބޫލުކުރާ އުސޫލަކީ މަޝްރޫއުތަކުގެ އެގްރީމަންޓުތަކުގައި ސޮއިކޮށް ބިންގާއެޅުނީމަ އެއީ މަޝްރޫއެއް ވެސް ނިމުނީ ކަމަށެވެ.
"މި މީހުން ގަބޫލުކުރާ ގޮތުގައި އެގްރީމަންޓެއްގައި ސޮއިކުރީމާ ބިންގާ އެޅީމާ ވައުދު ފުދުނީ. އެއީ މި ސަރުކާރުގައި ގަބޫލުކުރާ އުސޫލަކީ. އެ އުސޫލުގެ މަތިން ކަންކަން ކުރަމުން އެދަނީ،" އޭނާ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވީ މި ސަރުކާރުން ކުރަމުންދާހާވެސް ކަމަކީ ރައްޔިތުންނަށް މަކަރު ހަދައި އޮޅުވާލުން ކަމަށާއި އެ ނޫން އެއްވެސް ކަމެއް ކުރަން މި ސަރުކާރަށް ނުވެސް ނޭނގޭ ކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ގަޕޯ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ރަހަ މީރުކަން އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާވެސް ހޯދައިދޭނެ ކަމަށާއި އެކަން އެގޮތަށް ކުރެވޭނީ ކައުންސިލްތަކުގެ ގޮނޑިތައް އެމްޑީޕީއަށް ދީގެން ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުގެ ރަހަ މީރުކަން ރައްޔިތުން ބޭނުންވާ ގޮތަށް ދެން އަޅުގަނޑުމެން އަންނަ ސަރުކާރެއްގައި އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ އަޅުގަނޑުމެން މި ބުނަނީ. އެކަން ކުރެވޭނީ މި އިންތިހާބުގައި ކައުންސިލްތަކުގެ ގޮނޑިތައް އަޅުގަނޑުމެންނަށް ދީގެ ކުރެވޭނީ އެކަން. އެކަން އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ގަޕޯ ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބުގެ ގޮނޑިތައް ކާމިޔާބުކޮށް، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ދޭ ފައިސާ ވެސް ދެގުނަ ކުރާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment