ވެލެންސިއާ ބަލިކޮށް ބުރުން މަގާމު ވަރުގަދަކޮށް ކުރިއަށް

Jan 11, 2026, 1:42 PM
ބުރުގެ ނާއިމް ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބުރުގެ ނާއިމް ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 4-1 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށްޓަަކައި ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.

މިއަދުގެ މޮޅާ އެކު، ބުރުން ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ، އަލުން ތިން ވަނަ އަށް އެރޭނެ އެވެ. ނިއު އަށް މި ވަގުތު ވަނީ 14 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވެލެންސިއާ އިން 27 ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ވެލެންސިއާ އަށް ލިބުނު ޖެހުމަކުން އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކުން، ހަސަން ނަވާޒް ބޮލުން ޖެހި ގޯލުންނެވެ.

ވެލެންސިއާ އިން ލީޑުނެގިތާ ތިން މިނިޓް ތެރޭ ބުރުން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މި ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. މިއީ، އޭރިއާތެރެއިން އުުރުގުއޭ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ހަ މިނިޓް ފަހުން، ވެލެންސިއާގެ ކީޕަރު، އަހުމަދު ލިޒްފާން އަތުގައި ޖެހިފައި ވެއްޓުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން، ސެނެގާލްގެ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ ވަނީ ބުރަށް ލީޑުނަގައިދީފަ އެވެ.

ބުރުން ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން 15 މިނިޓް ތެރޭ ތިން ވަނަ ލަނޑު ޖެހި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ސްޕެއިންގެ ބާސެލޯނާގެ-ބީ ޓީމަށް މީގެ ކުރިން ކުޅެފައިވާ، ޑިއާނޭ، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ބަދަލަކަށް ކުޅެން އަރައި، މެޗުގެ 75 ވަނަ މިނިޓްގައި ބުރުގެ ހަތަރު ވަނަ ލަނޑު ޖެހީ އަބްދުﷲ ޔާމީން (ޔާނު) އެވެ. ހާފުގެ މެދެއްހާ ހިސާބުން ޔާނު ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ވެލެންސިއާގެ ކީޕަރު، ލިޒްފާން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މި މެޗުން ބަލިވެ، ވެލެންސިއާ އޮތީ 14 މެޗުން އަށް ޕޮއިންޓާ އެކު، 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox