Advertisement

ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަނީ

4 ޖަނަވަރީ 2026 - 11:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް: ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަނީ

4 ޖަނަވަރީ 2026 - 11:19 0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ނެގުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް މިނިސްޓްރީން ފަށައިފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމުކޮށް އެ ތަންތަނަށް 550 ނުވަތަ 520 މުވައްޒަފުން ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ލަސްވެގެން ފެބްރުއަރީ މަސް އަންނަންވާއިރަށް އެ ހުރިހާ 19 ޔުނިޓް ގާއިމުކުރެވި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ލިބި މީހުން ވެސް އެތަންތަނަށް ހަމަވެގެންދިޔުން. މިހާރު އަޅުގަނޑުމެން އަންދާޒާއަށް ބަލާއިރު މިދެންނެވި ތަންތަނަށް ގާތްގަނޑަކަށް 550 ވަރު 520 ވަރުގެ އަދަދަކަށް އަލަށް މުވައްޒަފުން ނެގިގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކުގައި ކަމަށެވެ.

މިގޮތުން އަތޮޅުތަކުގައި މިހާރު ގާއިމުކުރެވިފައިވާ ހަތް ޔުނިޓާއެކު ޖުމްލަ 26 ޔުނިޓް ފެބްރުއަރީ މަސް ނިމެންވާއިރަށް ގާއިމުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެ ހިދުމަތް ފުޅާކުރުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަކަށްވާތީއާ އެކީގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި އެބައޮތް މިހާރު 15 އަތޮޅުގައި 19 ޕަބްލިކް ވޯކްސް ޔުނިޓް ގާއިމުކުރުމަށް. މިހާރު އަޅުގަނޑުމެންގެ ހުރި ހަތް ތަނެއް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އެ ހަތް ތަނާއެކީގައި އިތުރު 19 ތަނެއް ގާއިމުކުރެވިގެންދިޔާމަ އަޅުގަނޑުމެންނަށް 26 ޕަބްލިކް ވޯކްސް ޔުނިޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރެވިފައިވާނެ."

އާދަމް ޝަރީފް ވިދާޅުވީ ބަނދަރުތައް ފަދަ ތަންތަން ތަރައްގީކޮށް ނިމޭފަހުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ނެރު ތިލަވެ ނުވަތަ ފަލު ތިލަވުން ފަދަ މައްސަލަތައް ކުރިމަތިވާތީވެ، އެކަން ހައްލުކުރަން މުއިއްޒުގެ އިރުޝާދާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި މޯބައިލް ޔުނިޓްތައް ގާއިމުކުރާނެ ކަމަށެވެ.

ޕަބްލިކް ވޯކްސްގެ ޔުނިޓްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ޔުނިޓްތައް ގާއިމުކުރުމުން މުނިސިޕަލް އަދި ޕަބްލިކް ވޯކްސްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އަންނަނީ ވަޒީފާތައް އެކި ވަޒީފާތައް އުފައްދައި މީހުންނަށް ދެމުންނެވެ. އޭގެއިތުރުން އިންތިހާބަށް ނުފޫޒު ފޯރާނެ ގޮތަށް ދާދި ފަހުން ސަރުކާރުން ވަނީ ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ރަށުގެ ރައްޔިތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހަނިމާދޫ ރައްޔިތުންގެ ގޮތުގައި އެ ދާއިރާއަށް ވޯޓުލާ ގޮތަށް ހަމަޖައްސާފަ އެވެ.