ބުރު ބަލިކޮށް ނިއު އަށް މުހިންމު މޮޅެއް

Dec 27, 2025, 7:03 PM
ބުރު ކޮޅަށް ނިއުގެ ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބުރު ކޮޅަށް ނިއުގެ ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުހިންމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ނިއު އިން ވަނީ 12 މެޗުން 23 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 12 މެޗުން 28 ޕޮއިންޓް އަދި، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ކުރިން ތިން ވަނައިގައި އޮތް ބުރު މިހާރު ހަތަރެއްގައި އޮތީ 12 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނިއު އިން ލީޑުނެގީ 26 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. މިއީ، ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން އޭރިއާތެރެއިން ތިރިތިރިން ގޯލަށް ފޮނުވާލައިގެން ހަންނަ ޖެހި ގޯލެކެވެ.

Advertisement

ދަގަނޑޭ (ކ) އާއި ސެންޓޭ މިރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބުރުން ނަތީޖާ ހަަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓްގައި ނިއު އިން ދެ ވަަނަ ލަނޑު ޖެހި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި މަތިން އައި ބޯޅައެއް ބުރުގެ ޑިފެންސް ފަހަތުން ސެންޓޭ އަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ނިއުގެ ތިން ވަނަ ލަނޑު ޖެހީ ވެސް ސެންޓޭ އެވެ. މިއީ، ހަންނަ ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ޖާގައެއް ހޯދާލައި، ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ސެންޓޭ ޖެހި ގޯލެކެވެ.

ނިއު އިން މި މެޗުގެ ފަހު ވިއްސަކަށް މިނިޓަށް ވަނީ ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. މިއީ، މި އަހަރު ނިއު އަށް ސޮއިކުރުމަށް ފަހު އަނިޔާ އިން ރަނގަޅުވެ ދަގަނޑޭ ކުޅުނު ފުރަތަމަ މެޗެވެ. އަދި، ފުރަތަމަ ޑިވިޝަނުގައި ދެ އަހަރަށް ވުރެން ގިނަ ދުވަސް ފަހުން ދަގަނޑޭ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ނިއުގެ ގޯލު ބެލެހެއްޓީ، ކ. ގުރައިދޫ ގޯލްކީޕަރު، އަހުމަދު ސަމީރު އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެން ފަށާނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅޭނީ މާޒިޔާއާ އެވެ. އަދި އެރޭ ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވެލެންސިއާއާ ބައްދަލުކުރާނެ އެވެ. އަދި، ފަސް ވަނަ ދުވަހު، ހަވީރު، ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، އެރޭ ބުރު އާއި ގްރީން ސްޓްރީޓްސް ވާދަކުރާނެ އެވެ. އަދި، ހަ ވަނަ ދުވަހުގެ ރޭ ނިއު އިން ކުޅޭނީ އޮޑިއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox