ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އޮޑިން މާޒިޔާއާ ދެމެދު ފަރަގު ކުޑަކޮށްފި

Dec 19, 2025, 12:51 PM
މިއަދުގެ މެޗުގެ ތެރެއިން އޮޑީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މިއަދުގެ މެޗުގެ ތެރެއިން އޮޑީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، 5-1 އިން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އިން މި ހަފްތާގައި ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވުމުގެ ފައިދާ އޮޑިން މި ވަނީ ނަގައިފަ އެވެ. މާޒިޔާގެ ލީޑު މިހާރު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އޮޑިން މި ވަނީ 11 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ.

ވިއްސާރައިގެ ތެރޭގައި ކުޅެން ޖެހުނު މިއަދުގެ މެޗުގައި އޮޑިން ވަނީ 26 ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. މިއީ، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ދިން ބޯޅައަކަށް އަަރައި މުޒްދާން ހަސަން ފޮނުވާލި ޝޮޓް، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، މުސްތަފާ އަލީ މަތަކުރިއިރު، ރީބައުންސް އައިސް އެ ޓީމުގެ މުހައްމަދު ސަމްހާން ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެެވެ.

Advertisement

މެޗުގެ 34 ވަނަ މިނިޓްގައި އޮޑިން ލީޑުފުޅާކުރީ، ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލަައުކްޒެމިސް ޖެހި ޕެނަލްޓީންނެވެ. މިއީ، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މުސްތަފާ އަލީ، އެ ޓީމުގެ އޭރިއާތެރެއިން އޮޑީގެ ލޫތަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ދެ ވަަނަ ހާފުގެ ފުރަތަމަ 15 ވަރަކަށް މިނިޓް ތެރޭ އޮޑިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މި ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ މުޒްދާން ހުސްކޮށްލާފައި ނަގައިދިން ބޯޅަ ކަރޮލިސް ވަނީ ގޯލަށް ވައްދާލައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި އޮޑީގެ އަހުޒަމް ރަޝީދު (އަހު) ހުސްކޮށްލާފައި ދިން ބޯޅައަކުން، މުޒްދާން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، އޮޑީގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު)، ޔުނައިޓެޑް ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ބޯޅަ ގޯލަށް ވަނީ އެ ޓީމުގެ ކުޅުންތެރިއެއް ފައިގައި ޖެހިފަ އެެވެ.

އޭގެ ފަހުން، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މުސްތަފާ އަލީ އަށް އަނިޔާވެގެން ދެ ވަނަ ކީޕަރު އަލީ ނާޖިހު ވަނީ ކުޅެން ނުކުމެފަ އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ގޯލު 73 ވަނަ މިނިޓްގައި ކާމިޔާބުުރީ މިސްރުގެ ފޯވާޑް، މުސްތަފާ އަލީ އަލް ޝާޒްލީ އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ މުހައްމަދު ސާމިރު ނަގައިދިން ހުރަހަކުން ބޮލުންނެވެ. އޭގެ ފަހުން، ސާމިރު ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

މި މެޗުން ބަލިވެ، ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު، ޔުނައިޓެޑް ވިކްޓަރީ އޮތީ ލީގުގެ އަށް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox