Advertisement

މުއިއްޒުއާ ސުވާލު ކުރަން ބޭނުންވާ ރައްޔިތުން އަންގައިދޭން ރިފާއު ވެސް މެސެޖު ކުރެއްވި!

29 ނޮވެންބަރު 2025 - 17:37 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) -- ފޮޓޯ: މަޖިލީހުގެ އިދާރާ


މުއިއްޒުއާ ސުވާލު ކުރަން ބޭނުންވާ ރައްޔިތުން އަންގައިދޭން ރިފާއު ވެސް މެސެޖު ކުރެއްވި!

29 ނޮވެންބަރު 2025 - 17:37 1

މާފަންނު ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުމުގައި ސުވާލު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް އެ ދާއިރާގެ ރައްޔިތުންނަށް މެސެޖު ކުރެއްވިކަން އެނގިއްޖެ އެވެ.

މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންނަށްގެ ތެރެއިން ރިފާއުގެ މެސެޖު ލިބުނު ބައެއް މީހުން އެކަން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ. އަދި އެ މެސެޖު މި ނޫހަށް ލިބިފައިވެ އވެެ.

"ޑިސެންބަރ 4 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ތާޖުއްދީން ސްކޫލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކުރައްވަން ނުވަތަ މެސެޖެއް އަރުވަން ބޭނުންފުޅުވާ ނަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ފޯން ނަންބަރު ފޮނުއްވާ ދެއްވުން އެދެމެވެ. އަދި މި ބައްދަލުވުމަށް ތިޔަ އެންމެ ބޭފުޅުންނާއި އާއިލާތަކަށް ދައުވަތު އަރުވަމެވެ،" ނޮވެމްބަރު 26 ވަނަ ދުވަހު ރިފާއު ފޮނުއްވި މެސެޖުގައިވެ އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވިއިރު، އޭނާ ވެސް މެސެޖު ކުރެއްވީ، ސުވާލުކުރަން ބޭނުންވާ ރައްޔިތުން އަންގައި ދިނުމަށެވެ.

އަސްމާގެ މެސެޖު މީޑިއާ އަށް ތިލަވަ، ފާޑުލިޔުން އަމާޒުވާން ފެށުމުން މުއިއްޒު ވިދާޅުވީ އަސްމާގެ މެސެޖުގެ ސަބަބުން އެމަނިކުފާނުގެ ނަން "ހަޑިވެ، ބަދުނާމު ވެއްޖެ" ކަމަށެވެ.

އެހެންވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް އެންގެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާކަމުން، އަސްމާ އިއްޔެ ވަކިކޮށް، އަދި އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކުރި އެވެ.

ރިފާއުގެ މެސެޖާ ގުޅިގެން އޭނާއާމެދު ފިޔަވަޅެއް އެޅިކަން އަދި ނޭނގެ އެވެ.