އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބެރިކޭޑު ޖަހައި، ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަނީ

އެމްޑީޕީގެ ހަރުގެ ހުންނަ ޗާންދަނީ މަގުގެ ދެ ފަރާތުގައި ބެރިކޭޑް ޖަހައިގެން ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

އެމްޑީޕީގެ ހަރުގެ ހުންނަ ޗާންދަނީ މަގުގެ ދެ ފަރާތުގައި ބެރިކޭޑް ޖަހައިގެން ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ހަރުގެ ހުންނަ ސަރަހައްދުގައި ބެރިކޭޑު ޖަހައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ޗާންދަނީ މަގުގައި އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ދެ ފަރާތުން ފުލުހުން ވަނީ ބެރިކޭޑު ޖަހައިފަ އެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުުހުން މިވަގުތު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ހުރި އަދަދުގެ ނޫސްވެރިޔާ ބުނީ އަމީނިއްޔާ ސްކޫލް ކުރިމައްޗަށްވާ ސަރަހައްދުގައި އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ ކިހިނެއްވެގެން ކަމެއް އަދި ނޭނގެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ މިރޭ އެމްޑީޕީގެ އެއްވެސް ހަރަކާތެއް ވެސް ރާވާފައި ނެތް ކަމަށެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އެނާ ވިދާޅުވި އެވެ.

"އެއްވެސް ހަރަކާތެއް ވެސް މިރޭ އަޅުގަނޑުމެން ރާވައިފައެއް ނެތް، އެއްގޮތަކަށް ވެސް ނޭނގެ ކީއްކުރަންކަމެއް، ބިރު ދެއްކުން ނޫން އެހެން ކަމެއް ނޫން، އެކަމަކު އަޅުގަނޑުމެން ބިރެއް ނުގަންނާނެ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން މިރޭ ހަރަކާތްތެރިވަމުން އަންނައިރު، ރޭގައި ވެސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.

މާލެ ތެރެއަށް ފުލުހުން ނުކުމެ އުޅުން ގިނަވީ މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާއާ ގުޅިގެންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން އާންމުކޮށް އަންގައި އިއުލާނު ކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރި އެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ހުއްޓުވި އެވެ.

އެ މުޒާހަރާ ނިންމައިލީ ސަރުކާރަށް ފަސް ޑިމާންޑެއް ކުރުމަށްފަހު އެވެ. އެ ޑިމާންޑުތައް ސަރުކާރުން ނުފުއްދައިފި ނަމަ އަންނަ ނޮވެމްބަރު 17، ގައި އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބާއްވަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox