އިސާކް ޑީލް ނިންމުނަސް ލިވަޕޫލަށް ގޭހީ ނުލިބުނު

Sep 2, 2025, 2:02 AM
އިސާކް ޑީލް ނިންމުނަސް ލިވަޕޫލަށް ގޭހީ ނުލިބުނު

ލަންޑަން (ސެޕްޓެމްބަރު 2) - އިނގިރޭސި ޗެމްޕިއަން، ލިވަޕޫލުން ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު، ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް، އަލެކްސަންޑަ އިސާކްގެ ސޮއި ހޯދި ނަމަވެސް، ކްރިސްޓަލް ޕެލަސްގެ ކެޕްޓަން، މާކް ގޭހީ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

ނިއުކާސަލް ޔުނައިޓެޑުން އެންމެ ފަހުން ގޮތް ދޫކޮށް އެ ކްލަބަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އިސާކް، 25، ލިވަޕޫލަށް ވިއްކާލަން ނިންމީ އެވެ. އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި އިސާކް ލިވަޕޫލަށް ގެނައި ޑީލަށް ޖުމްލަ އެކު، ލިވަޕޫލުން 175 މިލިއަން ޑޮލަރު ދައްކާނެ އެވެ. އޭނާ ލިވަޕޫލާ ގުޅުނީ ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ލިވަޕޫލުން ރޭ ވަނީ 47 މިލިއަން ޑޮލަރުގެ ޑީލެއްގައި ގޭހީ ގަންނަން ޕެލަސްއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. މި ސީޒަނުގެ ނިޔަލަށް ޕެލަސްގެ ކޮންޓްރެކްޓްގައި ހުރި ގޭހީ ވަނީ ލަންޑަންގައި ލިވަޕޫލްގެ މެޑިކަލްގެ ކަންކަން ވެސް ފުރިހަމަކޮށްފަ އެވެ. އެކަމަކު، ޕެލަސް އަށް ދެ ޑިފެންޑަރުންގެ ސޮއި ނުލިބެނިސް ގޭހީ ދޫކޮށްނުލަން އެ ކްލަބުން ނިންމާފައި އޮތް ނިންމުމަށް އަމަލުކޮށް، ފަހު ވަގުތު ގޭހީގެ ޓްރާންސްފާ ހުއްޓުވީ އެވެ.

ޕެލަސް އިން ވަނީ ޓުލޫސްގެ ޑިފެންޑަރު، ޖޭޑީ ކޮންވޮޓް ހަތަރު އަހަރުގެ ޑީލެއްގައި ގަނެފަ އެވެ. އަދި، ގެޓަފޭގެ ކްރިސްޓަންޓަން އޫޗޭ ވަނީ ލޯނަކަށް ޕެލަސްއާ ގުޅިފަ އެވެ. ޕެލަސް އިން ގޭހީ ދޫކޮށްލަން ބެލީ ބްރައިޓަންގެ އީގޯ ޖޫލިއޯގެ ސޮއި ހޯދުމަށް ފަހު އެވެ. އެކަމަކު، ފަހު ވަގުތު ޖޫލިއޯ ބަދަލުވީ ވެސްޓް ހޭމް އަށެވެ.

ޖެނުއަރީ ޓްރާންސްފާގެ ތެރޭގައި ލިވަޕޫލުން އަނެއްކާ ވެސް ގޭހީ ގެންނަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭއިރު، ހާލަތަށް ބަލައިފައި، މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ގޭހީ ގެންނަން ލިވަޕޫލުން މަޑުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ކުޅުންތެރިން ގަންނަން 563 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox