Advertisement

އަނެއްކާވެސް ރާއްޖޭގައި ކޮވިޑު 19 ގެ ކޭސްތައް އިތުރު ވާތީ ސަމާލުވާން އެދިއްޖެ

ކޮވިޑް 19 ހަލުވިކޮށް ފެތުރުނު ދުވަސްވަރު މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ -- ފޮޓޯ: އަދަދު ފައިލް


އަނެއްކާވެސް ރާއްޖޭގައި ކޮވިޑު 19 ގެ ކޭސްތައް އިތުރު ވާތީ ސަމާލުވާން އެދިއްޖެ

މިފަހަކަށް އައިސް އަނެއްކާވެސް ރާއްޖޭގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި އެވެ.

މީޑިއާތަކަށް އެޗްޕީއޭއިން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ކޮވިޑުގެ އިތުރުން ވެސް ޑެންގޫ އާއި ވައިރަލް ހުމުގެ އިތުރުން އިންފްލުއެންޒާ މިފަހަކަށް އައިސް ފެތުރުން އިތުރުވެފައިވާ ކަމަށެވެ.

"ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާކަން ފާއިތުވި ހަފުތާތަކުގައި ވަނީ ފާހަގަ ކުރެވިފައި، މީގެ އިތުރުން ޑެންގޫ އާއި ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ މޫސުމީ ރޯގާތައް ވެސް އަހަރުގެ މިދުވަސްވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި،" އެޗްޕީއޭގެ މެސެޖުގައި ބުންޏެވެ.

އެޗްޕީއޭއިން ބުނީ ތިމާ އާއި އަނެކާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބަލީގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ފަރުދީ ޒިންމާ އަދާކުރަން އިލްތިމާސްކުރާ ކަމަށެވެ.

ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މައުލޫމާތު އާންމު ކުރަމުން ދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.