Advertisement

ކަރަންޓު މައްސަލަ ހައްލު ނުކޮށް، އައްޑޫގައި އީދު ބޮކި ދިއްލަން ކައުންސިލް ދެކޮޅު

25 މާރިޗު 2025 - 04:48 3

ލީވާން އަލީ ނާސިރު

ލ

Advertisement

މިދިޔަ އަހަރުގެ ފިތުރު އީދުގައި އައްޑޫގައި އީދު ބޮކި ދިއްލާފައި. -- ފޮޓޯ: ޝަމްއޫން ޖަލީލް (ލޫކަސް)


ކަރަންޓު މައްސަލަ ހައްލު ނުކޮށް، އައްޑޫގައި އީދު ބޮކި ދިއްލަން ކައުންސިލް ދެކޮޅު

25 މާރިޗު 2025 - 04:48 3

Advertisement

Advertisement

އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ސަރުކާރަށް ނުހޯދިއްޖެ ނަމަ، މި ފެށޭ ފިތުރު އީދުގައި ރަށްތައް ޒީނަތްތެރިކުރަން އީދު ބޮކި ސިޓީ ކައުންސިލުން އިސްވެ ހަރު ނުކުޜާނެ ކަމަށް، މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރާނެ ކަމާއި އެކަމާމެދު ރައްޔިތުން ކަންބޮޑުނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި ނަމަވެސް، މި ރޯދަ މަހު އައްޑޫގައި ކަރަންޓު ކެނޑޭވަރު ގިނަވެ، ރައްޔިތުންނަށް އުނދަކުލަކަށް ވަނީ ވެފަ އެވެ.

Advertisement

ރައީސްގެ ވައުދާ އެއްގޮތަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުކުރެވުނަސް، ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ އީދު ބޮކި އެ ސިޓީގެ ހުރިހާ ރަށެއްގައި ދިއްލަން ކައުންސިލް މިނިސްޓްރީން ބާރު އެބަ އަޅަ އެވެ.

"ކަރަންޓު ކެނޑި، ކެނޑި ހުންނައިރު ވެސް ސަރުކާރުން ބާރު އަޅަމުން އެބަދޭ އީދު ބޮކި ދިއްލަން. ރައްޔިތުންގެ މިފަދަ ހާލަތެއްގައި ތިއްބައި، އީދު ބޮކި ދިއްލުމަކީ ލަދުވެތި ކަމެއް. ކައުންސިލު އިސްވެ އޮވެގެން އެކަމެއް ނުކުރެވޭނެ،" ނިޒާރު ވިދާޅުވި އެވެ.

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އެ އަތޮޅު ހުޅިމީދޫގައި އީދު ބޮކި ދިއްލާނެ ކަމަށެވެ.

Advertisement

"އެހެން ރަށް ރަށަށް ގޮތެއް ހޯދަން މަޝްވަރާ ކުރާނަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބަހައްޓާފައިވާ ޖަނަރޭޓަރު ސެޓުތަކަށް މައްސަލަ ދިމާވެ، އެކަން ހައްލު ނުކުރެވިގެން އެ ސިޓީގައި ކަރަންޓު ކެނޑެމުންދާތާ އެތައް ދުވެހެއް ވެއްޖެ އެވެ.

ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އިއްޔެ ޖެނެރޭޓަރެއް ހަލާކުވެގެން ހުއްޓުމާއެކު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ގޯހުން ގޯހަށް

މިގޮތަށް ކަރަންޓު ކަނޑާލަން ނިންމާ ސަރަހައްދުތަކުގެ ވާހަކަ ދުރާލާ އިއުލާނުކުރާނެ ކަމަށާއި ހަވީރު 6:00 ގެ ފަހުން ކަރަންޓު ނުކަނޑާ މެނޭޖްކުރެވޭތޯ ބަލާނެ ކަމަށްވެސް ފެނަކައިން ބުނި. އަދި، ކަރަންޓު ކެނޑިގެން ދިމާވާ ދަތިތަކަށް ފެނަކައިން މައާފަށް އެދިފައިވޭ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ގޯހުން ގޯހަށް

މިގޮތަށް ކަރަންޓު ކަނޑާލަން ނިންމާ ސަރަހައްދުތަކުގެ ވާހަކަ ދުރާލާ އިއުލާނުކުރާނެ ކަމަށާއި ހަވީރު 6:00 ގެ ފަހުން ކަރަންޓު ނުކަނޑާ މެނޭޖްކުރެވޭތޯ ބަލާނެ ކަމަށްވެސް ފެނަކައިން ބުނި. އަދި، ކަރަންޓު ކެނޑިގެން ދިމާވާ ދަތިތަކަށް ފެނަކައިން މައާފަށް އެދިފައިވޭ.

އައްޑޫ ކަރަންޓު މައްސަލައަށް ހައްލު ހޯދައި ދެވިފައި ނުވާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދިނުމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އިއްޔެ ގޮވާލެއްވި އެވެ.

ކަރަންޓުގެ މައްސަލަ ރޯދަ އަށް ހައްލުކުރުމަށް ފެނަކަ އާއި ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް، އަދި ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެނަކައިން ބުނީ ފެބްރުއަރީ 17، ގަ އެވެ. ނަމަވެސް އެކަން ހައްލެއް ނުކުރެވެ އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވަލާވަތު

6 days ago

ކައުންސިލަރުންނާއި މޭޔަރު ބޭރުކުރޭ

އައްޑޫ ގުޑްބަޑީ

5 days ago

އޯއި ތަކައް ނިއެނގޭހެއް ބޭރެ ކެރާއް ޖެހޭ މީހުން! އައްޑޫ މީހުންނަށް އެނގޭނެއި.


އައްޑޫކޮއްޔާ

5 days ago

ބޭރުކުރަންވީ ކައުންސިލަށް އަމުރުކުރާ އެޓޯލްސް މިނިސްޓަރ. އެއީ ކަނޑައެޅިގެން ކައުންސިލްތަކުގެ ފިޔަކޮށާލާ ކައުންސިލްތަކުގެ މައްޗަށް ވެރިކޮށްފައިވާ މިނިޒާމުން ބޭރު ފަރާތެއް.