ފަނޑިޔާރުން ސަސްޕެންޑުކުރީ ރައީސް މުއިއްޒުގެ ބާރު ގޮސްދާނެކަމުގެ ބިރަށް

Mar 8, 2025, 6:21 AM
ފަނޑިޔާރުން ސަސްޕެންޑުކުރީ ރައީސް މުއިއްޒުގެ ބާރު ގޮސްދާނެކަމުގެ ބިރަށް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލިއަކަށް ސަސްޕެންޑުކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލެވިދާނެ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނައިސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ބާރު ގޮސްދާނެ ކަމުގެ ބިރަށް ކަމަށް، އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނެފި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރައީސް މުއިއްޒު ފުރަތަމަ ގަބޫލު ކުރައްވައިގެން ހުންނެވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި ބަދަލު ބާތިލުކުރަން ރައްޔިތުންގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ވެސް ނުގަންނާނެ ކަމަށެވެ.

"އެ ޔަގީންކަން ބަންޑާރަ ނައިބު ވެސް ދިޔައީ ދެމުން. ނަމަވެސް ގާނޫނުއަސާސީ އަށް ގެންނަ ބަދަލު ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެ މައްސަލަ ކާމިޔާބު ވެދާނެ ކަމަށް ގަބޫލު ނުކުރެވުނު ސަރުކާރަށް. އެއީ މިހާރު މި ކުރުމަތިވެފައިވާ މައްސަލަތަކުގެ ފެށުމަކީ،" މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ މަސްދަރަކުން ބުންޏެވެ.

އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން، ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބިލް ހުށަހެޅި އެވެ. އެ ބިލަށް ތާއިދު ކުރަން ޕީއެންސީގެ ލީޑަޝިޕުން ޕާޓީގެ މެންބަރުންނަށް މަޖުބޫރު ކުރުވި އެވެ. އެހެންވެ، ހިތަދޫމެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނު ވިޔަވައި ތަޅުމުގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ.

ފަނޑިޔާރުން މަދުކުރާ ބިލް ފާސްކުރަން ފެބްރުއަރީ 26، 2025 އަށް ތާވަލްކުރިއިރު، އެ ދުވަހު 11:00 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވައިލެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން އެދިފައި އޮތް މައްސަލައިގެ އަޑުއެހުމެވެ.

ކުއްލިއަކަށް ސައްތާރުގެ ބިލު އެ ދުވަހު ފާސްކޮށްލީ، އާންމު އުސޫލުން މަޖިލީހުގައި ވޯޓު ނަގާ ގަޑީގެ ކުރިންނެވެ. އަދި ފަނޑިޔާރުންނާމެދު އުފެއްދި ޖިނާއީ ތުހުމަތާ ގުޅިގެން އޭސީސީން މައްސަލައެއް ބަލަން ފެށި ކަމަށް ބުނެ ޖޭއެސްސީއަށް އެންގުމުން، ފަނޑިޔާރު ހުސްނުއްސުއޫދު އާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު އެ ދުވަހުގެ 11:00 ގެ ކުރިން ސަސްޕެންޑުކޮށް، ތާވަލުކޮށްފައި އޮތް މައްސަލަ ހުއްޓުވި އެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން އެދިފައި އޮތް މައްސަލައި އަޑުއެހުން ކެންސަލް ކުރަންޖެހުނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ދިޔަ ކަމަށް އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވެފައިވެ އެވެ.

"ސަރުކާރުގެ ބައެއް ވެރިން ގަބޫލު ކުރެއްވީ އެ ބޭފުޅުންގެ ވެރިކަން ދޫވެގެން ދާނެ ކަމަށް. އެހެންވެ ކުރެވުނު ހުރިހާ ކަމެއް ކުރީ،" އަދަދު ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް އެ މައްސަލައެއް ތަހުގީގެއް ނުކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ކޮންމެ ތަގުރީރެއްގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ޖަލު ބަންދުގައި އޭރު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ކަމަށް އެ ބޭފުޅުން އޭރު ގަބޫލުކަމުންދިޔަ ނުހައްގު ހުކުމުގެ ވާހަކަ އެވެ.

"ސުޕްރީމް ކޯޓަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން. ނަމަވެސް ވެރިކަމަށް ވަޑައިގެން، 14 މަސް ނިމިގެން ދިޔައިރު ވެސް ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް އެ ބޭފުޅުންނަކަށް ނެތް. ނަމަވެސް ރައީސް މުއިއްޒު އަށް ޕީއެންސީގެ ކޮންޓްރޯލް، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގެއްލިގެން ގޮސްދާނެ ކަމުގެ ބިރަށް ފަނޑިޔާރުން އެންމެ ފަހުން ވަކިކުރުމުގެ މަސައްކަތް ފެށީ،" މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.

ފަނޑިޔާރުންގެ މައްޗަށް ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް އަދި އޭސީސީ އާއި ޖޭއެސްސީ އަށް ފާޑުކިޔަމުންދާއިރު، ސަސްޕެންޑު ކުރި ފަނޑިޔާރަށް ނުކުރަނީ ޖިނާއީ ކޮން ތުހުމަތެއްކަން އޭސީސީން ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox