ޕާޓީތަކަށް ފައިސާ ދޫކުރާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު: އީސީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ: ޕާޓީތަކަށް ފައިސާ ދޫކުރާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ: ޕާޓީތަކަށް ފައިސާ ދޫކުރާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ މިހާރު އެ ކޮމިޝަނަށް ލިބިފައި ހުރި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން މިހާރު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށެވެ.

އީސީން މިހެން ބުނެފައި މިވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީއަށް ވަގަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ވަގު ފޯމުތަކެއް ފުރައިގެން ހދ. ވައިކަރަދޫގެ ގިނަ ބަޔަކާއެކު އެމްޑީޕީއަށް ނިސްބަތްވާ އެ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވެއްދި މައްސަލަ އިއްޔެ ފެންމަތިވުމާ ގުޅިގެން، އެ މައްސަލައިގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

ފިއްޓޭ ޕީއެންސީއަށް ވެއްދުން ކުށްވެރިކޮށް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާގުޅުން ހުރި އިދާރާތަކުން މިއަދު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒު ހާސިލު ކުރެއްވުމަށް ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަ ކުރުމަށް މިދިޔަ އަހަރު ގިނަ ބަޔަކު އެ ޕާޓީއަށް ވަނީ ވައްދާފަ އެވެ. ވަގަށް އެ ޕާޓީއަށް މީހުން ވެއްދި ކަމުގެ މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް ޕާޓީތަކުގެ ދަފްތަރަށް ބޮޑެތި ބަދަލުތަކެއް މިފަހުން ވަނީ އައިސްފަ އެވެ. ސޮއި ފޯޖުކޮށްގެން ޕާޓީތަކަށް ވައްދަމުންދާ ކަމުގެ ޝަކުވާ ބައެއް އާންމު ރައްޔިތުން ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox