މާލެ އެއްކޮށް ފެނު އަޑީގައި، އެއްގަޑިއިރު ތެރޭ 60 މިލިމީޓަރުގެ ވާރޭ، 24 ގަޑިއިރު ތެރޭގެ 140 މިލިމީޓަރުގެ ވާރޭ ވެހިއްޖެ

Jan 3, 2025, 1:01 PM
މާލޭ އެމްޕީއެލް ސަރަހައްދު: މާލޭ ސަރަހައްދަށް ކުރިއަށް އޮތް ހަ ގަޑިއިރު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ -- ފޮޓޯ: އަހުމަދު އާއިދު / އަދަދު

މާލޭ އެމްޕީއެލް ސަރަހައްދު: މާލޭ ސަރަހައްދަށް ކުރިއަށް އޮތް ހަ ގަޑިއިރު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ -- ފޮޓޯ: އަހުމަދު އާއިދު / އަދަދު

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، މިހާރު ކުރަމުންދާ ވިއްސާރާގައި ވެރި ރަށް މާލޭގައި އެއްކޮށް ފެންބޮޑުވެއްޖެ އެވެ.

މެޓު އޮފީހުގެ ހުސެއިން ވަހީދު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ވެހެމުންދާ ވާރޭގައި ހާއްސަކޮށް މާލޭ ސަރަހައްދަށް ވަރަށް ގިނައިން ވާރޭ ވެހެމުންދާ ކަމަށެވެ. މިއަދު، އެއް ގަޑިއިރުގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"މިދިޔަ 24 ގަޑިއިރަށް ބެލި ނަމަވެސް މާލޭ ސަރަހައްދަށް 140 މިލިމީޓަރުގެ ވާރޭ ވެހިއްޖެ،" އޭނާ ވިދާޅުވި އެވެ. "މިވަގުތު ވަރަށް ބޯކޮށް ވާރޭ ވެހޭ އެބަ، ކުރިއަށް އޮތް ފަސް، ހަ ގަޑިއިރު ވެސް މިވަރަށް ވާރޭ ވެހެމުންދާނެ."

ވަހީދު ވިދާޅުވީ، ވާރޭ ވެހެމުންދަނީ ރިކޯޑު މިންވަރަކަށް ކަމަށެވެ. އެހެންކަމުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ކަނޑުދަތުރު ކުރުމުގައި ވެސް އިންތިހާ ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ތަނެއް ދޮރެއް ނޭނގޭ މިންވަރަށް ކަނޑުމައްޗަށް ވެސް ވާރޭ ވެހެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭ އެއްކޮށް ފެނު އަޑީގައި އޮތް އިރު، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ބެލެވެ އެވެ. މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތައް ވެސް ވަނީ ފެނާއެކު އޮޔާ ގޮސްފަ އެވެ. އަދި ހިނގާބިނގާވެ އުޅުމަށް ވަރަށް ބޮޑަށް ވަނީ ހުރަސް އެޅިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ މެދުރާއްޖެ ތެރެއަށް އޮރެންޖު އެލާޓެއް ނެރެފަ އެވެ. އެލާޓު ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހިސާބަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ގަދަ ވިއްސާރައާއެކު ބައެއް ރަށްތަކަށް ވަނީ އުދަ ވެސް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox