ޗާގޯސް ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ ރައީސްގެ ސިޓީއެއް އިނގިރޭސިވިލާތަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޗާގޯސްގެ ސިޔާދަތީ ބާރުގެ އައުލާކަން އެންމެ ބޮޑީ ރާއްޖެއަށް ކަމަށް ބުނެ ރައީސް ޔޫކޭއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރަޢީސް ވިދާޅުވެއްޖެ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޗާގޯސްގެ ސިޔާދަތީ ބާރުގެ އައުލާކަން އެންމެ ބޮޑީ ރާއްޖެއަށް ކަމަށް ބުނެ ރައީސް ޔޫކޭއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރަޢީސް ވިދާޅުވެއްޖެ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ދިގު ވާހަކައިގައި ރައީސް ވިދާޅުވީ، މިފަދަ ސިޓީއެއް ފޮނުއްވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެންނެވެ.

"ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުމާ ބެހޭ ވާހަކަތަކެއް ދެކެވުނީމަ އަޅުގަނޑުމެންގެ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީ، ރަސްމީކޮށް، ލިޔެކިޔުމުން، ސިޓީއިން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ،" ރައީސް ވިދާޅުވި އެވެ.

Advertisement

"އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި، ފެންނާންހުރި ލިޔެކިޔުންތަކާއެކުގައި، އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކީގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފަ."

އިނގިރޭސި ސަރުކާރުން ދެއްކި ވާހަތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެއްބަސްވެ އެ ދެ ގައުމުގެ ސަރުކާރުން ގުޅިގެން ނެރުނު ބަޔާނަށެވެ. އެއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ އެވެ. މި އެއްބަސްވުން ފައިނަލައިޒްކޮށް ދެ ގައުމުން އެކުގައި މުއާހަދާއެއްގައި ސޮއިކުރާނެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރި އެވެ.

މިކަން ރައީސް ފާހަގަކުރެއްވީ، ޗާގޯސްގެ ސިޔާދަތީ ބާރުގެ ހައްގު އޮންނަނީ މޮރިޝަސް އަށް ކަމަށް ބަލާ، މި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ. މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމަށް ވައުދުވަމުންނެވެ.

ފުރަތަމަ 100 ދުވަސް ތެރޭ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަން ވަނީ ނުކުރެވިފަ އެވެ. އެ މަސައްކަތް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ކަމަށާއި މި ސަރުކާރު ފެށުނީއްސުރެ މިކަމަށް ހާއްސަކޮށް އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފަކު އދ. ގައި ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި، ކަނޑުގެ ސަރަހައްދު މިދިޔަ ސަރުކާރުން 'ގެއްލުވާލީ' ގާނޫނާ ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

"ރޯ މާ ދުވާލު ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ހިލާފަށް. ގާނޫނު އަސާސީއާ ހިލާފަށް. ރައްޔިތުންގެ މަޖިލީހުގަ އަހާލުމެއް ނެތި. އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ،" ރައީސް މިރޭ ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގި ކަމަށް ބުނެ ރައީސް އަދި މި ސަރުކާރުގެ ވެރިން ފާހަގަކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އެވެ. ނަމަވެސް މި ސަރުކާރުން އެ ސިޓީ ހާމަކޮށް، ކަނޑު ދޫކޮށްލުމާ ގުޅޭ ވާހަކައެއް އެ ސިޓީގައި ނެތްކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލާގައި މިދިޔަ މަހު އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު، ރާއްޖެއިން އިޓްލޮސްއަށް ހުށަހަޅަން ތައްޔާރުވާ އިސްތިއުނާފުގައި ކުރިއަށްދާނެ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ފަންނީ މާހިރުންގެ ލަފަޔާ އެކު ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox