ޗާގޯސް މައްސަލަ: ސަރުކާރުން ސިޓީ ރަސްމީކޮށް އާންމު ކުރުމުން ލީކުވީ އޮރިޖިނަލް ސިޓީކަން ހާމަވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު : ލީކުވީ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި އަސްލު ސިޓީ - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު : ލީކުވީ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި އަސްލު ސިޓީ - ފޮޓޯ: ރައީސް އޮފީސް

ޗާގޯސް އާއި ދިވެހިރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައީސް އޮފީހުން މިއަދު ހާމަ ކުރުމުން، ރިޔާސީ އިންތިހާބުގެ ތެރެއިން ލީކުވީ ރައީސް ފޮނުއްވި އޮރިޖިނަލް ސިޓީކަން ހާމަވެއްޖެ އެވެ.

ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމު ކުރީ ރައީސް އޮފީހުން މިއަދު ނެރުނު ހާއްސަ ބަޔާނެއްގަ އެވެ. އެ ސިޓީ އާއި މީގެ ކުރިން ލީކުވި ސިޓީއާ އެއްވެސް ތަފާތެއް ނެތެވެ.

އެ ސިޓީގައިވާ ގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އެގޮތުން ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ކޯޓަކުން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. ރާއްޖެއިން ކުރިން ވަކާލާތު ކުރަމުންދިޔައީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށެވެ. އެކަމަކު ފަހުން ރާއްޖެއިން ދެކޭ ގޮތް ވަނީ ބަދަލުކޮށްފަ އެވެ.

އޯގަސްޓު 22، 2022 ގައި ކުރީގެ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ މަސްލަހަތާ ގުޅޭ ސިއްރު ބައެއް ކަންކަން ހުރި ކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އަދި އިދިކޮޅުން ގޮވާލަމުންދިޔައީ ސިޓީ އާންމު ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނީ އެ ސިޓީގައި ގައުމީ ސަލާމަތާ ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެއް ވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ އެފަދަ ސިޓީތަކުގެ ސިއްރު ހިފަހައްޓަންޖެހޭނީ އެ ސިޓީ އާންމު ކުރެވެން ނެތް ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ. އެކަމަކު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަައި އެ ސިޓީ ވަނީ ލީކުވެފަ އެވެ.

ލީކުވި ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމުމުން، އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެ މަގުން ޗާގޯސްއަށް ދަތުރު ކުރައްވަން ބޭނުންވެވަޑައިގެންފި ނަމަ މޮރިޝަސްގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox