30 އޮކްޓޯބަރު 2024 - 06:04 9
އަހުމަދު އާއިދު
ޒަމްޒަމް ފާރިޝް އާއި މަރިޔަމް ޝައިނާ
30 އޮކްޓޯބަރު 2024 - 06:04 9
މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމުސީލު ކުރާ މަރިޔަމް ޝައިނާއަށް ފުރައްސާރަކޮށް، އޭނާއަށް އެންމެ ހައްގީ ނަރަކަ ކަމަށް، އާންމުންނަށް ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރާ ޒަމްޒަމް ފާރިޝް ބުނެފި އެވެ.
އަރަބިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޒަމްޒަމް އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ވަރަށް ބޮޑަށް ޝައިނާ، 21، އަށް ފުރައްސާރަކޮށްފަ އެވެ. އަދި ޝައިނާއަކީ ކާފަރެއް ކަމަށް ދޭހަވާ އިބާރާތުން އޭނާ ވަނީ އެ ޕޯސްޓުގައި ވާހަކަ ދައްކައިފަ އެވެ.
"އަންހެނުން އަރުވައިގެން އޮރިޔާންވާ މުބާރާތަށް ކިޔަންވީ މިސް ޔުނިވާސްއެއް ނޫން. އެއަށް ކިޔަންވީ މިސް ޖަހަންނަމަ. އެއަށް އަރައި ބަރަހަނާވާ އަންހެނުންނަކީ ދުނިޔެވީ މަދު ފައިސާ ކޮޅަކަށްޓަކައި މުޅި ދުނިޔޭގައި އޮރިޔާން އާންމު ކުރަން އުޅޭ ފާސިދު ފާޖިރުންތަކެއް. އެފަދަ މީހުންނަށް އެންމެ އައުލާކަން ބޮޑީ ޖަހަންނަމަ،" ޒަމްޒަމް ބުންޏެވެ.
ޒަމްޒަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓް
އޭނާ އެހެން ބުނި ނަމަވެސް މިސް ޔުނިވާސް ރީތީގެ މުބާރާތަކީ ބަރަހަނާ ދައްކާ މުބާރާތެއް ނޫނެވެ. އެއީ 1952 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރީތީގެ މުބާރާތެކެވެ. އެ މުބާރާތުގައި ބުރުގާ އަޅައިގެން ބައެއް މީހުން ބައިވެރިވެފައި އެބަހުއްޓެވެ. މިފަހަރުގެ މުބާރާތުގައި ވެސް ބައެއް ބައިވެރިން ބުރުގާ އަޅާނެ އެވެ.
ޒަމްޒަމްގެ އިތުރުން ވެސް ބައެއް އެހެން މީހުން ވެސް ވަނީ މިސް ޔުނިވާސް މުބާރާތަށް ފާޑުކިޔައިފަ އެވެ. އެކަމަކު އެ މުބާރާތުގައި ބައިވެރިވާ އަންހެނުންނަށް ހައްގީ ނަރަކަ ކަމަށް ބުނެ އެ މޭރުމުން އެހެން މީހަކު ފާޑެއް ނުކިޔަ އެވެ.
މި އަހަރުގެ މިސް ޔުނިވާސް ބާއްވަނީ މެކްސިކޯގަ އެވެ. މިއީ 73 ވަނަ މިސް ޔުނިވާސް މުބާރާތެވެ. އެ މުބާރާތުގައި މަދުވެގެން 126 މީހުން ބައިވެރިވާނެ އެވެ. މިސް ޔުނިވާސްގެ މަގާމަށް މީހަކު ހޮވާނީ ނޮވެމްބަރު 16، ގަ އެވެ.
12.50%
0.00%
37.50%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަމާ
5 months ago
ބުރުގާ އެޅިޔަސް ނޭޅިޔަސް އަންހެނުން ނަލަ ދެއްކެން އުޅުމަކީ ހަރާމް ކަމެއް! ޒަމްޒަމް ބުރޯ ބުނެފަ އެއިނީ ކަން ހުރިގޮތަށް. މާ މޮޅެތި ހަބަރު ލިޔަން ވެގެން ގުދޯ ގުދޯ ގޮވަނީތި ކަން ކަމުގެ ހަގީގަތް ނުބަލާ!
ނުލިބޭނެ
5 months ago
މިސް ޔުނިވާސް ކަމެއް ނުލިބޭނެ... މިސް ޒީރޯ ލިބިދާނެ ... ކާކު ދިވެހި ރާއްޖެ ތަމްސީލު ކުރުމަށް ހޮވީ....
އީނާ
5 months ago
ދިވެހިން އުޅެންވާނީ އިސްލާމްދީނުގައި އޮތް ރީތި އުސޫލުތަކަށް. ކާފަރުން އުޅޭހާ ގޮތަކަށް އުޅެން ހަދައިގެން މިހާރުވެސް ސަލާމަތްނުވޭ!
އައިމިނަތު
5 months ago
އެހެންވީމަ ޒަމްޒަމް ފާރިޝްއަށް ކަމުދަނީ ފިރިހެން ކުދިންދޯ؟ މިހެންވީމަ ތާ މިސްޓަރ މޯލްޑިވްސް ބޭއްވިޔަސް މީނަގެ ދީންވެރިކަމާއި ތޯހިރުކަން ނިދާފަ އޮންނަނީ
ނަސޭހަތް
5 months ago
ނަސޭހަތް ދޭ
ގ
5 months ago
ކިހާ ވަރަކަށް ނަސޭހަތް ދެނީ
ޥައުދު
5 months ago
ބަރާބަރު ވާހަކައެއް. ޒަމްޒަމްގެ ވާހަކަޔަށް ތާއިދު ނުކުރިޔަސް އޮރިޔާން ހާލުގައި ގަސްތުގައި އުޅޭ މީހަކަށް ﷲ ދެއްވަންް ވައުދުވާ އަދަަބެއް ލިބޭނެ
ބަދަދު
5 months ago
ފުރަތަމަ ސުރުޚީގަވެސް ނޫސްވެރިޔާ މި އޮތީ ޒަމްޒަމް އޭ ކިޔައިގެން ދޮގުހަދާފަ. ތީ ނޫސްވެރިންނެއްނޫން. ތީ ކައްޒާބު ފިތުނަވެރިން. ބަރަނާހާއަކީ ކޮން އެއްޗެއްކަން ކަލޭމެނަށް އެނގޭބާ. ތިކަހަލަ ދައްޔޫސުންނަށް ރަގަޅުވާނެ އޮރިޔާމުން ތިއްބަސް....
ޞެލީ
5 months ago
ކުޑަކުދިންނާ ބެހޭ މީހުން އަނގަނުހުޅުވާ
Comment