ތަމްރީނުގެ ބޭނުމަށް ގްރޭޑް ހައަކުން މަތީގެ ދަރިވަރުންނަށް އިމާމު ކަމުގެ ވަގުތީ ހުއްދަ ދެނީ

އީދު ނަމާދުގެ ޖަމާއަތުގެ ތެރެއިން: ގްރޭޑް ހައަކުން މަތީގެ ދަރިވަރުންނަށް ހާއްސަ ނަމާދުތަކުގެ އިމާމުކަން ކުރެވޭ ގޮތަށް އުސޫލު ނެރެފި - ފޮޓޯ: އަދަދު ފައިލް

އީދު ނަމާދުގެ ޖަމާއަތުގެ ތެރެއިން: ގްރޭޑް ހައަކުން މަތީގެ ދަރިވަރުންނަށް ހާއްސަ ނަމާދުތަކުގެ އިމާމުކަން ކުރެވޭ ގޮތަށް އުސޫލު ނެރެފި - ފޮޓޯ: އަދަދު ފައިލް

ގްރޭޑް ހައަކުން މަތީގެ ދަރިވަރުންނަށް ހުކުރު ނަމާދު، ކޭތަ ނަމާދު، އަދި އީދު ނަމާދުގެ އިމާމުކަން ކުރެވޭ ގޮތަށް އުސޫލެއް އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފި އެވެ.

"ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލު" ނަމުގައި ނެރުނު އުސޫލުގައި ވަގުތީ ހުއްދަ ދޫކުރެވޭނެ ހާލަތްތަކެއް ހިމަނާފައިވެ އެވެ.

ގްރޭޑް ހައަކުން މަތީގެ ދަރިވަރުންނަށް ހުއްދަ ދޫކުރުން ހިމަނާފައިވަނީ މި ވަގުތީ ހުއްދަ ދޫކެރެވޭ ހާލަތްތަކުގެ ތެރޭގަ އެވެ.

Advertisement

އޭގައި ބުނާ ގޮތުން، ގްރޭޑް ހައަކުން ފެށިގެން މަތީ ގްރޭޑުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވަން ދަންނަ އަަދި ނަމާދުގެ ހުކުމުތައް ދަންނަ ދަރިވަރުންނަށް ވަގުތީ ހުއްދަ ދޫކުރެވޭނީ ތަމްރީނު ދިނުމުގެ ބޭނުމުގަ އެވެ.

އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދާއިމީ ހުއްދަ އޮތް މީހަކު ލިބެން ދެން ވަގުތީ ހުއްދަ ދޫކުރެވޭނެ އުސޫލުތަކެއް ވެސް އޭގައި ހިމަނާފައިވެ އެވެ.

ވަގުތީ ހުއްދަ ހޯދުމަށް ޓަކައި ތައުލީމީ ސެޓްފިކެޓްތަކާއި، 18 އަހަރު ނުފުރޭ ނަމަ އެ ކުއްޖެއްގެ ބެލެނިވެރިންގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި، ސްކޫލް ދަރިވަރެއް ނަމަ ސްކޫލު ދަރިވަރެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox