ކޮންޓްރޯލް ނެގުމަށް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ކޮންޓްރޯލް ނެގުމަށް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ކޮންޓްރޯލް ނެގުމަށް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ޓެކްސީ ހިދުމަތުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދިނުން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށާއި އެ ކަމަށް މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ.

"ބްރޭންޑް ނިއު އެއްޗެހި [ކާރުތައް] ގެނެސްފައި ރާއްޖޭގެ އެސްއޯއީއަކާ ހަވާލު ކުރަން މިއުޅެނީ. އެސްއޯއީއަކާ ހަވާލުކޮށްގެން މިކަންތައް ފަށަން މިހާރު ގޮސްފައި އޮތް ހިސާބަކީ މާލެ ސަރަހައްދުގައި ޕާކް ކުރާނެ ތަންތަނުގެ ކޮންސާންސްއާ އެކީގައި އަޅުގަނޑުމެން މިނިސްޓްރީއަށް ސަރުކާރުގެ ތެރެއިން މިހާރު ބިން ކަނޑައަޅާފައި މިކަމަށް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެ ބިންތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށެވެ.

އާރްޓީއެލް ބަސް ހިންގާ ކޮންސެޕްޓްގެ ދަށުން އެމްޓީސީސީއާ ޓެކްސީގެ ހިދުމަތް ހަވާލު ކުރެވިދާނެކަން ފަހާގަ ކުރައްވާ އަމީން ވިދާޅުވީ އެ ކުންފުންޏަށް ކެޕިޓަލް އިންވެސްޓްމަންޓް ދީގެން ދިގު މުއްދަތަކަށް ހިދުމަތް ދިނުމަށް ހަވާލު ކުރެވިދާނެ ކަމަށެވެ.

ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކަލް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދޭން ފަށާނީ 50 ޕަސަންޓް ފުލްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އަނެއް 50 ޕަސަންޓް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާ އެކުގައި ކަމަށާއި ރަނގަޅު ޝަރުތުަކެއް އެކަމަށް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ.

އޭގެއިތުރުން އެ ހިދުމަތް ދޭން ފަށާނީ ޑްރައިވަރުންގެ ބާރު ނުހިނގާ ގޮތަށް ވަރަށް ސްޓޭޑަޑައިޒްކޮށް ޓެކްސީ ހިދުމަތް ހުރިހާ ގަޑިއެއްގައި އެއްވެސް ދައްޗެއް ނެތި ލިބޭނޭ ގޮތަށްކަމަށް އަމީން ވިދާޅުވި އެވެ.

"ޑްރައިވަރުންގެ ބާރު ނުހިނގާ ގޮތަށް، ސިސްޓަމުން އެންގީމަ އެމީހަކު އެތަނަކަށް ގޮސްފައި އަދި ފައިސާގެ މުއާމަލާތް ވެސް ކުރަން ނުޖެހޭ ގޮތަށް ޑްރައިވަރުގެ ޑިޒިޝަނެއް ނެތި، ވާހަކައަކީ ޑްރައިވަރަކަށް ނުނިންމޭނެއޭ ތިމަންނަ މިވެނި ގަޑިއެއްގައޭ މަސައްކަތް ކުރާނީ. ޑްރައިވަރަކަށް ނުނިންމޭނެއޭ މިވެނި އަދަދަކަށޭ ފައިސާ ނަގާނީ ވެސް،" އަމީން ވިދާޅުވި އެވެ.

ޓެކްސީގެ ހިދުމަތް މާލެ ސަރަހައްދުގައި ދިނުމަށްފަހު، އެ ހިދުމަތް އާބާދީ ބޮޑެތި ސަރަހައްދަށް ފުޅާ ކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox