އިސްތިއުފާ ދެއްވަން ޝަފީގަށް އެންގެވީ މަސްވެރިންގެ މުޒާހަރާއާ ގުޅިގެން!

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވަން އެންގެވީ، ނިމިގެން ދިޔަ ހަފުތާގައި މަސްވެރިން ކުރި މުޒާހަރާތަކާ ގުޅިގެން ކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ޑރ. ޝަފީގު އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.

ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އެއީ ދުރާލާ ރާވާފައިވާ ނިންމުމެއް ނޫންކަން ޑރ. ޝަފީގުއާ އަރިސް ބައެއް މީހުން މި ނޫހަށް ވިދާޅުވި އެވެ. ނަމަވެސް އިސްތިއުފާގެ ފަހަތުގައިވާ ސަބަބެއް އެ މީހުންނަށް ވެސް ނޭނގެ އެވެ.

އެ މައުލޫމާތު އެނގޭ މަސްދަރަކުން ބުނީ އިސްތިއުފާ ދެއްވަން ޑރ. ޝަފީގަށް އެންގެވީ މަސްވެރިންނަށް 17 މިލިއަން ރުފިޔާ ނުދީ އޮވެގެން އެ މަސްވެރިން މުޒާހަރާ ކުރަން ޖެހުމުން ކަމަށެވެ.

އޯގަސްޓް 24، އިން ފެށިގެން ސެޕްޓެމްބަރު 25، ގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް ދޭން އޮތީ 17.35 މިލިއަން ރުފިޔާ އެވެ. އެ ފައިސާ މަސްވެރިންނަށް ޖަމާކުރީ މުޒާހަރާތަކާ ގުޅިގެންނެވެ.

ނިމިގެން މިދިޔަ ހަފުތާގައި ގއ. އަތޮޅަށް ދިޔަ ފިޝަރީޒު މިނިސްޓްރީގެ ޓީމު އެ އަތޮޅުގެ ބައެއް ރަށްރަށް ނޭރުވީ މަސްވެރިންނަށް ފައިސާ ނުދީ އޮތުމުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އިސްކޮށް ހުންނެވި އެ ޓީމު، ގއ. ދާންދޫ، އަދި އެ އަތޮޅު ދެއްވަދޫން ބޭރުކުރި އެވެ. ރ. އަތޮޅު ދުވާފަރު މަސްވެރިން ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށް، ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެ ބެނާތައް ދަމާފައިވެ އެވެ.

ފިޝަރީޒު މިނިސްޓްރީގެ ޓީމެއް ގއ. އަތޮޅަށް ދިޔައީ، ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށެވެ.

ފައިސާ ނުދީ އޮތުމުގެ ސަބަބުން މަސްވެރިން ރަތަށް ދިޔައިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުގަ އެވެ.

"އެ ދަތުރު ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ދަނިކޮށް، ރާއްޖޭގައި މަސްވެރިން މުޒާހަރަން ފެށީ. ކިހާ ފައިސާއެއް ނުދީ އޮވެގެންތޯ މަސްވެރިން މުޒާހަރާ ކުރީ ރައީސް ބެއްލެވިއިރު އޮތީ އެންމެ 17 މިލިއަން. އެވަރުގެ ކުޑަ އެއްޗެއް ނުދީ އޮވެގެން މުޒާހަރާ ކުރަން ޖެހުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިގަތީ. އެހެންވެ އިސްތިއުފާ ދެއްވަން އެންގެވީ،" އަދަދު ނޫހާ ވާހަކަ ދެއްކެވި މަސްދަރުން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުން ޝަފީގު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ. އަދި ފޮރިން މިނިސްޓަރަކަށް ޑރ. އަބްދުﷲ ހަލީލު ބަދަލު ކުރެއްވުމަށް ފަހު، ހެލްތު މިިނިސްޓަރުކަން ހަވާލުކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox