އިޒްރޭލުން ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީހަށް ހަތިޔާރާއެކު ވަދެގަނެފި

ރަމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް އިޒްރޭލުގެ ސިފައިން ވަދެގަތުން -- ފޮޓޯ؛ އަލްޖަޒީރާ

ރަމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް އިޒްރޭލުގެ ސިފައިން ވަދެގަތުން -- ފޮޓޯ؛ އަލްޖަޒީރާ

ފަލަސްތީނާ ދެކޮޅަށް ގަތުލްއާންމު ހިންގަމުންދާ އިޒްރޭލުން ފަލަސްތީނުގެ ސެންޓްރަލް ވެސްޓް ބޭންކުގެ ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީހަށް ހަތިޔާރާއެކު ވަދެގަނެފި އެވެ.

އަލްޖަޒީރާއިން ބުނީ އިޒްރޭލުން އެ އޮފީހަށް ވަދެގަނެ އެތަނުގައި ތިބި ސްޓާފުން ނުކުންނަން އިންޒާރުދީ، 45 ދުވަސް ވަންދެން އެތަން ބަންދު ކުރަން އަންގާފައިވާ ކަމަށެވެ.

"އިޒްރޭލު ސިފައިން އައިސް އޮފީހުގައި ތިބި އަލްޖަޒީރާ މުވައްޒަފުންނަށް އިންޒާރު ދިނީ 10 މިނެޓު ތެރޭގައި އެތަން ހުސް ކުރަން. ދާއިރު އަމިއްލަ ތަކެތި ވެސް ހިފައިގެން ދާން ބުނީ. އެމީހުން ބުނީ 45 ދުވަސް ވަންދެން އެތަން ބަންދު ކުރަން އަމުރު ލިބިފައިވާ ކަމަށް،" އަލްޖަޒީރާއިން ބުންޏެވެ.

Advertisement

އިޒްރޭލުގެ ސިފައިން އަންނަނީ އެތަނުގައި ވީޑީއޯ ނުކުރުމަށް އަންގައި، މުވައްޒަފުންނަށް ހުރަސް އަޅަމުން ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.

ހުޅަނގު ޖެރޫސަލަމްގައި ހުންނަ އަލްޖަޒީރާގެ ހެޑްކުއާޓާ ބިއުރޯ ވެސް އިޒްރޭލުން ވަނީ 45 ދުވަހަށް ބަންދު ކޮށްފަ އެވެ. އަދި އެ މުއްދަތު އިޒްރޭލުން އަންނަނީ އިތުރު ކުރަމުންނެވެ.

އެގޮތުން ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީސް ބަންދުކުރަން ނެރުނު 45 ދުވަހުގެ މުއްދަތު ވެސް އިތުރު ކުރަމުން ދާނެ ކަމަށް ބެލެވެ އެވެ.

ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ގުޅޭ ހަބަރުތައް މެދުކެނޑުމެއް ނެތި އަލްޖަޒީރާއިން ގެނެސްދޭތީ، އެ މީޑިއާއަށް އެކި ގޮތްގޮތުން އިޒްރޭލުން ދަނީ ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

ޔޫކްރޭނުގެ ޑްރޯންތަކަށް ބޭނުންވާ ސްޓާލިންކް އިންޓަނެޓްގެ ދުވެއްޔަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން ކަމަށް އެލޮން މަސްކް ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ޔޫކްރޭނުގެ އަސްކަރީ މިޝަންތަކަށް ބުރޫއަރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރާ ކަމެއް ކަމަށް މަސްކް ތުހުމަތުކުރެއެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް

އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންޑިއާ ފުލުހުން ނޫސްވެރިންނަށް އަނިޔާކުރާކަމުގެ ތުހުމަތު

އިންޑިއާގެ ނިއު ދިއްލީގައި ކުރި މުޒާހަރާތަކެއް ކަވަރުކުރި 30 އަށް ވުރެ ގިނަ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެ، ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

ހޫތީންގެ ވަރުގަދަ މިސައިލް ހަމަލާތަކެއް އަރަމްކޯގެ މައި އޮފީހަށް

ހޫތީން ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެޑްކުއާޓަރަށް ދިން މިސައިލް ހަމަލާތަކެއްގައި އެ ކުންފުނީގެ ސީއީއޯގެ އޮފީސް ހިމެނޭހެން އިސްވެރިންގެ އޮފީސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ސައުދީގެ މުހިންމު އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހޫތީންގެ ހުރިކަން ހާމަކޮށްދިން ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox