މާލީ ހާލަތު ޗައިނާއާ ހިއްސާކޮށް، ރައީސްގެ ދެ ސިޓީއެއް ޝީ ޖިންޕިން އަށް

ރާއްޖެއާ ޗައިނާއާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާ ޗައިނާއާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

މި ސަރުކާރުން ފަށާފައިވާ ކަމަށް ބުނާ މާލީ އިސްލާހީ ފިޔަވަޅުތައް ޗައިނާގެ ސަރުކާރުގެ އިސް ވަފުދަކާ އެ ގައުމަށް މިހާރު ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ދިވެހި ވަޒީރުންގެ ވަފުދުން ހިއްސާކޮށްފި އެވެ.

ޗައިނާއަށް ވަޑައިގެންނެވި ވަޒީރުންގެ ވަފުދުގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ.

މި ދަތުރުގެ ތެރެއިން ފޮރިން މިނިސްޓަރު ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާ މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ކުރި މި ބައްދަލުވުމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ބުނީ، އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޮނުއްވި ދެ ސިޓީއެއް ޗައިނާގެ ފޮރިން މިނިސްޓަރަށް ރައްދު ކޮށްދެއްވާފައިވާ ކަމަށެވެ.

އަދި، މި ބައްދަލުވުމުގައި ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާ މާލީ އިސްލާހުތައް ހިއްސާކުރައްވާ، އެކަންކަމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ މިދިޔަ މަހު ރައީސް އިއުލާނުކުރެއްވި މާލީ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި ބޮޑެތި ހަފުލާތައް ނުބޭއްވުން ހިމެނެ އެވެ. އޭގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފިޔަވަޅުތަކުގެ އިތުރު ތަފުސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ސިޔާސީ މަގާމުތައް މަދުކުރުމުގެ ފިޔަވަޅާ ހިލާފަށް ސަރުކާރުގެ އެކި ވުޒާރާތަކުން ދަނީ އަދިވެސް މަގާމުތަކަށް މީހުން އައްޔަންކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox