ޕިއްޒާ ހަޓް 2.7 ބިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި

Jun 17, 2026, 7:00 AM
ޕިއްޒާ ހަޓް

ޕިއްޒާ ހަޓް

ދުނިޔޭގައި މަޝްހޫރު ފާސްޓް-ފުޑް ޗެއިން، ޕިއްޒާ ހަޓް 2.7 ބިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން، އެ ވިޔަފާރި ހިންގާ  ޔަމް ބްރޭންޑްސްއިން ނިންމައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ މެއިންލޭންޑްގައި ހުރި ޕިއްޒާ ހަޓްގެ ވިޔަފާރި 1.2 ބިލިއަން ޑޮލަރަށް ގަންނާނީ ޔަމް ޗައިނާ ހޯލްޑިންގްސް އިންނެވެ. އަދި ބާކީ ހުރި ބައި 1.5 ބިލިއަން ޑޮލަރަށް ގަންނާނީ ޕްރައިވެޓް އީކުއިޓީ ފާމެއް ކަމަށްވާ ލޯންގްރޭންޖް ކެޕިޓަލް އިންނެވެ.

ތަކެތީގެ އަގުބޮޑުވުމާއި މުދާ އުފައްދާ ރޯމެޓީރިއަލްގެ އަގު އުފުލުމުގެ ސަބަބުން، އެމެރިކާގެ ޕިއްޒާ ޗޭންތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފަ އެވެ. މީގެ އިތުރުން، ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭސްތައް ބޭނުންކުރާ މީހުން ގިނަވުމުގެ ސަބަބުން ސިއްހަތަށް ފައިދާހުރި ކާނާއަށް މީހުން ސަމާލުކަންދޭން ފެށުމުން، ޕިއްޒާއަށް އޮތް ޑިމާންޑް ވަނީ ދަށްވެފަ އެވެ.

ޕިއްޒާ ހަޓްގެ ސޭލްސް ޖެހިޖެހިގެން އެތައް ކުއާޓަރެއްގައި ދަށްވުމާ ގުޅިގެން، ޔަމް އިން ވަނީ މިދިޔަ އަހަރުން ފެށިގެން ސްޓްރެޓީޖިކް ގޮތުން ހެދޭނެ ގޮތްތައް ބަލަން ފަށާފައެވެ. އަދި ލޯންގްރޭންޖް ކެޕިޓަލްއާއެކު ޚާއްސަ މަޝްވަރާތަކެއް ފަށާފައިވަނީ މެއި މަހުގެ ތެރޭގައެވެ.

ޕިއްޒާ ހަޓް އެންމެ ފުރަތަމަ ޕެޕްސީ އިން ގަނެފައިވަނީ 1977 ގައެވެ. އަދި 1997 ގައި ކޭއެފްސީ އަދި ޓެކޯ ބެލްއާއެކު ވަކި ކުންފުންޏަކަށް ބަދަލުކޮށް، ފަހުން 2002 ގައި އެ ކުންފުނީގެ ނަން ޔަމް ބްރޭންޑްސްއަށް ބަދަލުކުރި އެވެ.

ޕިއްޒާ ހަޓް ވިއްކާލުމަށްފަހު ޔަމްގެ ދަށުގައި ބާކީ އޮންނާނީ ހަމައެކަނި ޓެކޯ ބެލް އަދި ކޭއެފްސީއެވެ. ކަމާބެހޭ އިދާރާތަކުގެ ހުއްދަތައް ލިބުމުން، މި އަހަގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި ވިޔަފާރި މުއާމަލާތް އެއްކޮށް ފުރިހަމަކޮށް، ޕިއްޒާ ހަޓްގެ ވިޔަފާރި އަލަށް ގަންނަ ފަރާތްތަކުގެ ނަމަށް އެއްކޮށް ބަދަލުކޮށް ނިމޭނެ ކަމަށް ޔަމް އިން ލަފާކުރެއެވެ.

ޗައިނާގެ ވިޔަފާރި ވިއްކާލުމުން ދޭހަކޮށްދެނީ، އެމެރިކާގެ ކުންފުނިތަކުން އެ ގައުމުގެ ވާދަވެރިކަމާއި ބަދަލުވަމުންދާ ޑިމާންޑްތަކާ ކުރިމަތިލުމަށްޓަކައި، އެ ސަރަހައްދެއްގެ ލޯކަލް އޮޕަރޭޓަރުންނާ ހިންގުން ހަވާލުކުރަމުންދާ ބޮޑު ޓްރެންޑެކެވެ.

މި މަހުގެ ކުރީކޮޅު، ޖެނެރަލް މިލްސް އިން ވަނީ ޗައިނާގެ މެއިންލޭންޑްގައި ހުރި ހާގަން-ޑާޒް  ފިހާރަތައް، ސައިގެ ޗޭނެއް ކަމަށްވާ ނިންގްޖީ އިސްވެ ހިންގާ ގްރޫޕަކަށް ވިއްކާލަން އެއްބަސްވެފައެވެ. އަދި މިދިޔަ އަހަރު ސްޓާބަކްސް އިންވެސް ވަނީ ޗައިނާގެ އޮޕަރޭޝަންސްގެ މެޖޯރިޓީ ހިއްސާ ބޯޔޫ ކެޕިޓަލްއަށް ވިއްކާލާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox