ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން ހިފާފައި އޮއްވައި ފޮނަދޫގައި އީދު ފާހަގަ ކުރަން ހަތް އެސްއޯއީއަކުން ސްޕޮންސާ ދީފި

Jun 21, 2024, 4:01 PM
ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން ހިފާފައި އޮއްވައި ފޮނަދޫގައި އީދު ފާހަގަ ކުރަން ހަތް އެސްއޯއީއަކުން ސްޕޮންސާ ދީފި

ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ފައިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެފައި އޮއްވައި، ލ. ފޮނަދޫގައި އީދު ފާހަގަ ކުރަން ހަތް އެސްއޯއީއަކުން ސްޕޮންސާ ދީފި އެވެ.

ފޮނަދޫގައި ފާހަގަ ކުރާ "މެދު އަވަށު އީދު ފޯރި 1445" އަށް ވެމްކޯ އާއި ސްޓެލްކޯ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި އެމްޓީސީސީ އިން ސްޕޮންސާ ދިނެވެ.

ފޮނަދޫގައި އީދު ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އެބަ ހިންގަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ އިއްޔެ ބޭއްވި މިޔުޒިކް ޝޯ އެވެ. އެ ޝޯގައި އިބްރާހިމް މަމްދޫހު (މަންޑޭ) އާއި މީރާ މާޖިދް އާއި ޔާމީން ރަޝީދާއި މުހައްމަދު ސާދިން އަދި ޒާރާ މުޖުތަބާ ލަވަ ކިޔެވެ. އަދި މިރޭ "ހަބޭސް" ބޮޑުބެރު ގްރޫޕުގެ ޝޯއެއް ވެސް އޮންނާނެ އެވެ.

ފޮނަދޫގެ އީދު ފާހަގަ ހަތް ކުންފުންޏަކުން ސްޕޮންސާ ދިން އިރު އެކަމަށް އަރަފާ ޓްރޭޑާސް އިން ވެސް ސްޕޮންސާއެއް ދިނެވެ. އަރަފާ ޓްރޭޑާސްއަކީ ފޮނަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އާއިލީ ފިހާރައެކެވެ.

ފޮނަދޫ ކައުންސިލުގެ މެންބަރަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސްޕޮންސާތައް ހޯދީ ރަށުގައި އީދު ހަރަކާތްތައް ރޭވި ޖަމިއްޔާތަކުން ކަމަށެވެ.

އޭގެ އިތުރުން، ލ. އަތޮޅުގެ އެކި ރަށްރަށުގައި އީދު ފާހަގަ ކުރަން ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ސްޕޮންސާ ދީފައިވެ އެވެ. އޭގެ ތެރޭގައި ފެނަކަ ވެސް ހިމެނެ އެވެ.

އެސްއޯއީތަކުގެ ހަރަދު ކުޑަ ކުރުމުގެ ޕްރޮގްރާމެއް ފަށައިގެން އުޅޭ ކަމަށް ފައިނޭންސް މިނިސްޓަރު ޝަފީގު ވަނީ މެއި، 2024، ގައި ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި 25 އަށް ވުރެ ގިނަ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމަންޓު ބެލުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެސްއޯއީ ރިފޯމު ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމެއް ކަމުގައި ދެކެން. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިކުރާ ހޭދަ ކުންފުނިތައް މިއަށްވުރެ އެފިޝަންޓް ވާން ޖެހޭ. ހަރަދު ކުޑަކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox