ކުށުގެ ވެށީގައި އުޅޭ ކުދިން ވަކި ރަށަކަށް ގެންގޮސް، 18 އަހަރު ފުރުމުން ސަލާމަތީ ހިދުމަތަށް ނަގަނީ

ކުށުގެ ވެށީގައި އުޅޭ ކުދިން ވަކި ރަށަކަށް ގެންގޮސް، 18 އަހަރު ފުރުމުން ސަލާމަތީ ހިދުމަތަށް ނަގަނީ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރަނގަޅު ކުރުމުގެ މަސައްކަތް ހިންގަން ވަކި ރަށެއް ކަނޑައަޅައި އެ ރަށަށް ކުދިން ގެންގޮސް ފަރުވާ ދޭ ގޮތަށް ނިޒާމު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ހޯމް މިިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން އެ ރަށުގައި އެ ކުދިންނަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމްގެ ތެރޭގައި ތައުލީމުގެ އިތުރަށް ކުޅިވަރާއި ސައިކޯ ސޯޝަލް އިންޓަވެންޝަން ސެޝަންތައް ވެސް ހިމެނޭ ކަމަށެވެ.

"ނަތީޖާއަކީ ކުށުގެ ވެށީގައި އުޅެ ބޮޑުވާ ކުދިން، ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހަޔާތަށް އާ އުންމީދެއް ލިބިދިނުން، އެ ގޮތުން އަޅުގަނޑުމެން މި ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ ވެސް ހޯޕް އައިލެންޑް،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

އެ ރަށުގައި އެ ކުދިން، ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާނީ 18 އަހަރު ފުރެންދެނެވެ. އިހުސާން ވިދާޅުވި ގޮތުގައި 18 އަހަރު ފުރުމުން އެ ކުދިން ނަގާނީ ސަލާމަތީ ހިދުމަތްތަކަށެވެ. ފުލުހުންގެ ހިދުމަތަށް ނޫނީ ސިފައިންގެ ހިދުމަތަށެވެ. އެއަށް ފަހުގައި ވެސް އެސެސްމަންޓެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ދުވަސްވަރަކަށް ބަލާފައި ދެން އަޅުގަނޑުމެން ފުރުސަތު ދޭނީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އިހުސާން މިއަދު ވިދާޅުވީ އެ ގޮތަށް ބަދަލުކުރަން ނިންމީ އެ އުމުރުން ފެށިގެން ކުށުގެ ވެށީގައި އުޅޭ ކުދިން، ދައުލަތުގެ ބެލުމުގެ ދަށުން ފަރުވާ ދިނުމަށް ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށެވެ.

ކުށުގެ ވެށީގައި އުޅޭ ކުދިން ގެންދާނެ ވަކި ރަށެއް އަދި އެ ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. އަދި އެކަމުގެ ގާނޫނީ އޮނިގަނޑު ތައްޔާރު ކުރާނެ ގޮތެއް ވެސް އޭނާ ވިދާޅެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox