މިވަގުތު އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ފެންނަނީ އުރުދުޣާން: ރައިސް

Mar 16, 2024, 10:12 AM
ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ސެކިއުލާ ދައުލަތެއް (ދައުލަތުން އިސްކަންދޭ ވަކި ދީނެއް ނޯންނަ ދައުލަތެއް) ކަމަށް ވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ "އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅާ" ކަމަށް ސިފަކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު އުރުދުޣާން އަށް ހައްދެއް ނެތް ތައުރީފު ކުރައްވައިފި އެވެ.

ސިފައިންގެ ހިދުމަތުގައި ޑްރޯންތައް ބޭނުންކުރަން ފަށަން ނ. މާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އުރުދުޣާނަކީ އިސްލާމީ އުއްމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ ބޭފުޅެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސިފައިންނަށް ޑްރޯންތައް ހޯދުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ތުރުކީގެ ރައީސް އުރުދުޣާން އެވެ.

"މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް އަޅުގަނޑަށް ދެއްވީ އިސްލާމީ އުއްމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ، މިވަގުތު އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން،" ރައީސް ރޭ ވިދާޅުވި އެވެ.

އެމްއެންޑީއެފް އެއާ ކޯ ގައި މިއަދު ބޭނުންކުރަން ފެށި ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ އާލާތްތަކެއް ކަމަށް ވެސް ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ރޭ މި މޭރުމުން ވާހަކަފުޅުދެއްކެވީ، މިހައިތަނަށް ޑްރޯންތައް ގަތުމާ ގުޅޭ ގޮތުން ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާނުކުރައްވާ ހުންނެވުމަށް ފަހުގަ އެވެ.

ރައީސް ރޭ ވިދާޅުވި ގޮތުގައި ޑްރޯންތައް ގެނައުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި ތިން ޑްރޯން ފެންނަން ހުރި ނަމަވެސް މުސްތަގުބަލުގައި އެއަށް ވުރެ މާ ގިނަ ވާނެ ކަމަށެވެ. އަދި މިއީ ވެސް ރައީސް އުރުދުގާންއާ އޮންނަ ގާތްކަމުގެ ތެރެއިން ފަހިވެގެން ދާނެ ކަންކަން ކަމަށް ވިދާޅުވި އެވެ. ބައެއް ޑްރޯންތައް ހިލޭ ލިބުނު ކަމަށް ރައީސް ވިދާޅުވީ މިހެން ވިދާޅުވުމަށް ފަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox