Advertisement

އެއް ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ބޮއިންއާ ދެކޮޅަށް ދައުވާކޮށްފި

5 މާރިޗު 2024 - 11:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލަސްކާ އެއާލައިންސް -- ފޮޓޯ: އޭއެފްޕީ


އެއް ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ބޮއިންއާ ދެކޮޅަށް ދައުވާކޮށްފި

5 މާރިޗު 2024 - 11:13 0

އެމެރިކާގައި ފްލައިޓް އުފައްދާ މައި ކުންފުނި, ބޮއިންއިން އެއް ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ފަސިންޖަރުންތަކެއް ދައުވާކޮށްފި އެވެ.

ބޮއިންގެ ފަރާތުން ބަދަލު ހޯދަން ފަސިންޖަރުންތަކެއް ދައުވާކުރީ އަލަސްކާ އެއާލައިންސްގެ ބޮއިން 737 މަރުކާގެ ފްލައިޓުން އެ ފަސިންޖަރުން ދަތުރު ކުރަނިކޮށް ދޮރެއް ވިއްސައިގެން، އެމަޖެންސީ ލޭންޑިންއެއް ކުރަން ޖެހުމާ ގުޅިގެންނެވެ.

ޖެނުއަރީގެ ކުރީކޮޅު މި ހާދިސާ ހިނގާފައިވާއިރު، ބޮއިންގެ މައްޗަށް ދައުވާކުރީ ފެބްރުއަރީ 20، ގަ އެވެ.

މި ހާދިސާގައި ބައެއް ފަސިންޖަރުންގެ ފޯނާއި، އެހެނިހެން ބައެއް ތަކެތި ފްލައިޓުގެ ދޮރު ހުޅުވުމާއެކު ވަނީ ދޮރާއެކު ވިއްސައިގެން ގޮސްފަ އެވެ.

ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގުގައި މިހާތަނަށް ފާހަގަކުރެވިފައި ވަނީ ދޮރު ވިއްސައިގެން ދިޔައީ ފްލައިޓް އުފައްދާނީ ކުރުމުގެ ތެރޭގައި ބަލަން ޖެހޭ ވަރަށް ނުބެލުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދޮރު ވިއްސައިގެން ދިޔަ ފްލައިޓުން 174 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، ހަތް ކްރޫއިންވެސް ތިއްބެވެ. އަދި ހާދިސާގައި ބައެއް ފަސިންޖަރުންނަށް ވަނީ އެކިވަރުގެ ހާނިކަވެފަ އެވެ.