އެމްޑީޕީ ދޫކޮށް ނުދާނެ ކަމަށް މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން ހުވާކޮށްފި

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން، ކެމްޕެއިން ލޯންޗިން އިވެންޓުގައި ހުވާ ކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން، ކެމްޕެއިން ލޯންޗިން އިވެންޓުގައި ހުވާ ކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާޗު 17، ގައި ބޭއްވުމަށް މި ވަގުތު ތާވަލުކޮށްފައިވާ، 20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕާޓީ ދޫކޮށް ނުދާނެ ކަމަށް މިރޭ ހުވާކޮށްފި އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ މަޖިލިސް އިންތިހާބު 2024، ގެ ކެމްޕެއިން ލޯންޗިން އިވެންޓުގައި ކެންޑިޑޭޓުންނަށް ހުވައި ލައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އެ އައިޓަމަށް ފަހު ފައްޔާޒުގެ ދެއްކެވި ވާހަކައިގައި ވެސް ޕާޓީގައި ދެމިހިރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލި އެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައި ވެސް ކެންޑިޑޭޓުންނަށް އެ ކަމަށް އިލްތިމާސް ކުރެއްވި އެވެ.

"އެމްޑީޕީ ގަބޫލު ކުރާ ހަމަތަކެއް އެބަ އޮތް، އާންމު މެންބަރުން ބޭނުންވާ ކަންކަން އެބަ ހުރި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ބުރޫއު އަރައިގެން ނުވާނެ، އެ ކަމަށް ހުރަސް އަޅާނެ ބިލަކަށް ވޯޓު ދީގެން ނުވާނެ، ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވަން ވާނެ،" ސޯލިހު ވިދާޅުވި އެވެ.

އިންތިހާވުމަށް ފަހު އެމްޑީޕީ ދޫކޮށް ނުދިޔުމަށް ކެންޑިޑޭޓޫން މިރޭ ހުވާކުރި އިރު މިއީ 19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ޕާޓީތަކުން ގެންގުޅުނު ޕްރެކްޓިސްއެކެވެ. އެކަމަކު ވެސް މި މަޖިލީހުގައި ވެސް ޕާޓީ ބަދަލު ކުރުމުގެ ކަންތައް ހިނގާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިންތިހާބުކުރާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައިފަ އެވެ. ބިލުގައިވަނީ އަންނަ މަޖިލީހުން ފެށިގެން އެ ގާނޫނަށް އަމަލު ކުރާ ގޮތަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި ވެސް ބައެއް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ބައެއް މެންބަރުން އެ ޕާޓީއާ ގުޅުނެވެ. އޭގެ ތެރެއިން ވެސް ބައެއް މެންބަރުން މިހާރު ޕީއެންސީއާ ގުޅިފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ވަފާތެރި 13 މެންބަރަކު ވެސް ޕާޓީ ދޫކޮށްލި އެވެ. އެ މެންބަރުން މިހާރު މަސައްކަތް ކުރަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ޕާޓީއެއް އުފައްދައިގެން ކަމަށް ވިޔަސް، މަޖިލީހުގައި މި ވަގުތަށް އެ ދެ ޕާޓީ މަސައްކަތް ކުރަމުން ދަނީ ގުޅިގެންނެވެ.

އިންތިހާބުވުމަށް ފަހު އިދިކޮޅު ޕާޓީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީއަށް ބަދަލުވުމުގެ ސަގާފަތެއް ރާއްޖޭގައި އެބަ އޮތެވެ. އަދި އަނެއްކާ ވެސް ރިޔާސީ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ މަގުބޫލުކަން ކުޑަކަމަށް ފެންނަ އެ ދުވަސްވަރު ވާދަވެރި ޕާޓީތަކާ ގުޅިގެންދާ މަންޒަރު ވެސް ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox