އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ދެތިން ހަފްތާ ތެރޭގައި ފެށޭނެ: ސައީދު

އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ދެތިން ހަފްތާ ތެރޭގައި ފެށޭނެ: ސައީދު

ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ފަަށައިގަނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފަުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފަށައިގަނެވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެތިން ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާއެކު ބަންކަރިން ހިދުމަތަށް މި ސަރަަހައްދު ވަންނާނެ، އެކަން އެހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެ ތިން މަސްތެރޭގެ، އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސް ނިމުމުގެ ކުރިން މިތާ އެ ވިޔަފާރި ފަށައިގަނެވޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

Advertisement

އިހަވަންދިއްޕޮޅު ގައި ބަންކަރިން ހިދުމަށް ފެށުމަށް ހަވާލުކޮށްފައިވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުންޏާ އެވެ. ރާއްޖޭގެ އެންމެ މަތީފަންތީގެ އެއް ރިސޯޓު، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު، ޑިޒައިން އެންޑް ބިލްޑު އުސޫލުން ތަރައްގީކުރި ގަތަރުގެ އާބަކޮންއަކީ އިމާރާތްކުރުމުގެ ދާއިރާގައި މެދުއިރުމަތީގެ އެންމެ ފުއްނާބު އުސް އެއް ކުންފުންޏެވެ.

ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމުން ވަޒީފާތައް އުފެދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުރުސަތު ތަނަސްވެ ރާއްޖޭގެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ ބޮޑު ދޮރެއް މި މަޝްރޫއާ އެކީ ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި ހޯރަފުށި ފަޅުތެރޭގައި ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުން މި އަހަރުތެރޭ ފަށައިގަންނާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަށް ފައިސާ ހޯދުމަށް އަޅުގަނޑުމެން މިދަނީ ޔޫރަޕިއަން ބޭންކަކާ ވާހަކަ ދައްކަމުން، އަދި އޭގެ ކުރިމަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބަފެނޭ،" ސައީދު ވިދާޅުވި އެވެ.

ބަންކަރިން މަޝްރޫއާ ގުޅޭގޮތުން އެސްޓީއޯއިން ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި މަގުގަ އެވެ. އަދި އެ ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގުބޯޓު ހުރަސް ކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox