ރުއްތަކަށް ޖެހޭ ބަލިތައް ނައްތާލުމަށް ޗައިނާއާއެކު ވި އެއްބަސްވުން ވެސް ސަރުކާރުން ސިއްރުކޮށްފި

ލާމު އަތޮޅުގެ ރުށްފަލެއް : ރުއްތަކަށް ޖެހޭ ބަލިތައް ނައްތާލުމަށް ޗައިނާއާއެކު ވި އެއްބަސްވުންވެސް ސަރުކާރުން ސިއްރުކޮށްފި - ފޮޓޯ: އަދަދު

ލާމު އަތޮޅުގެ ރުށްފަލެއް : ރުއްތަކަށް ޖެހޭ ބަލިތައް ނައްތާލުމަށް ޗައިނާއާއެކު ވި އެއްބަސްވުންވެސް ސަރުކާރުން ސިއްރުކޮށްފި - ފޮޓޯ: އަދަދު

ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ނައްތައިލަށް އެކުގައި މަސައްކަތް ކުރަން ޗައިނާއާއެކު ވި އެއްބަސްވުން ވެސް ދިވެހި ސަރުކާރުން ސިއްރުކޮށްފި އެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް މިދިޔަ މަހުގެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމާއެކު ސޮއިކުރި 20 އެއްބަސްވުމުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށް "އަދަދު" އިން އެދުމުން ރައީސް އޮފީހުން ވަނީ އެއްބަސްވުމުގެ ތަފުސީލުތައް ދޭން ދެކޮޅު ހަދައިފަ އެވެ.

"ހޯއްދަވަން އެދިވަޑައިގެން މައުލޫމާތަކީ، އެ ގާނޫނުގެ 25 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގެ ދަށުން މި ވަގުތު ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމުގައި ދަންނަވަން،" ރައީސް އޮފީހުގެ ޖަވާބުގައި ބުނެފައިވެ އެވެ.

ސަރުކާރުން ރިއާޔަތް ކޮށްފައިވާ މާއްދާތަކަކީ، 25، ވިޔަފާރީގެ މައުލޫމާތު، 30، އާންމު އިގްތިސާދީ މަސްލަހަތު، އަދި 31، ސިޔާސަތު ކަނޑައެޅުމާއި ހިންގުން ބަޔާންކޮށްފައިވާ މާއްދާތަކެވެ. މި މާއްދާތަކަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް ހިމެނޭ ބާބުގެ ދަށުން މައުލޫމާތު ސިއްރުކުރެވޭނެ ހާލަތްތައް ބަޔާންކުރާ މާއްދާތަކެކެވެ.

އޭގެ އިތުރުން، ސަރުކާރުން ވަނީ ޗައިނާއާއެކު ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ސޮއި ކުރި ހަތަރު އެއްބަސްވުންވެސް ސިއްރުކޮށްފަ އެވެ.

ރައީސްގެ ދަތުރުގެ ތެރެއިން ޗައިނާއިން ވެސް ވަނީ ރާއްޖެ އާއެކު ސޮއިކުރި 20 އެއްބަސްވުމުގެ އަގާއި ތަފުސީލު ހާމަ ކުރަން ދެކޮޅުހަދާފަ އެވެ. ނަމަވެސް ، ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމަށް ވަކި ތާރީހެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox