ޗައިނާއާ އެކު 20 އެއްބަސްވުމެއްގައި ސޮއިކޮށް، ރަސްމީ ވާހަކަތައް ބާއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިން އަރިހުގައި--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިން އަރިހުގައި--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ޗައިނާއާ އެކު މުހިއްމު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދެ ގައުމުން މި އެެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބެއިޖިންއަށް ވަޑައިގެންނެވެ. ބެއިޖިންގައި އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު މެންދުރު ފަހު ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެއްބަސްވުންތަކުގައި ސޮއިކުރީ ދެ ގައުމުގެ ވެރިންގެ ހާޒިރުގަ އެވެ. ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ މަޝްރޫއުތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއީ، އިގުތިސާދީ، ޓެކްނޮލޮޖީ ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.

ޗައިނާއާ އެކީ ސޮއިކުރި އެއްބަސްވުންތަކަކީ:

  1. އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޑިޒާސްޓާ ރިސްކް ރިޑަކްޝަން
  2. އެމްއޯޔޫ އޮން ޑީޕްނިން ބްލޫ އިކޮނޮމީ ކޯޕަރޭޝަން
  3. އެމްއޯޔޫ އޮން ސްޓްރެންތްނިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ދަ ޑިޖިޓަލް އިކޮނޮމީ
  4. އެމްއޯޔޫ އޮން ޕްރޮމޯޓިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ގްރީން ޑިވެލޮޕްމަންޓް
  5. އެމްއޯޔޫ އޮން ކޯޕަރޭޝަން ބިޓުވީން ޗައިނާ މީޑިއާ ގްރޫޕް އެންޑް ޕަބްލިސް ސާވިސް މީޑިއާ
  6. އެމްއޯޔޫ އޮން ޖޮއިންޓްލީ އެކްސެލެރޭޓިން ދަ ފޯމިއުލޭޝަން އޮފް ދަ ކޯޕަރޭޝަން އޮން ދަ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް
  7. އެމްއޯޔޫ އޮން ސްޓްރެންތްނިން ޑިޖިޓަލް އިކޮނޮމީ ކޯޕަރޭޝަން
  8. އެމްއޯޔޫ އޮން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  9. އެމްއޯޔޫ އޮން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީ
  10. އެމްއޯޔޫ އޮން ޓެކްނިކަލް ކޯޕަރޭޝަން އޮފް އެންޓްރީ އެންޑް އެކްޒިޓް އެނިމަލް އެންޑް ޕްލާންތް ކޮރެންޓީން
  11. އެމްއޯޔޫ އޮން ސްޓްރެންތްނިން އޮފް އެގްރިކަލްޗަރަލް ކޯޕަރޭޝަން
  12. ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް (2023-2028) އެކްޝަން ޕްލޭން
  13. ގްރާންޓް އެސިސްޓަންސް އެއްބަސްވުން
  14. އެމްއޯޔޫ އޮން ކޯޕަރޭޝަން އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް
  15. އެމްއޯޔޫ އޮން ސޯޝަލް ހައުސިން ޕްރޮޖެކްޓް އިން ފުށިދިއްގަރު ފަޅު، އެކްސްޕެންޝަން އޮފް ވީއައިއޭ، ފިޝަރީޒް ޕްރޮޑަކްޓްސް ޕްރޮސެސިން ފެސިލިޓީސް އެންޑް ރީ-ޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑް ޕްރޮޖެކްޓްސް
  16. އެމްއޯޔޫ އޮން މެރިން ކޯޕަރޭޝަން ޓުވާޑް ބްލޫ ޕާޓްނާޝިޕް
  17. އެމްއޯޔޫ އޮން ޓޫރިޒަމް ކޯޕަރޭޝަން
  18. ލެޓާ އޮފް އެކްސްޗޭންޖް އޮން ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓަންސް
  19. ލެޓާ އޮފް އެކްސްޗޭންޖް އޮން ފީސިބިލިޓީ ސްޓަޑީ އޮން ލެބޯޓްރީ އިކުއިޕްމަންޓް ފޯ ސެވަންޓީން ހެލްތް ފެސިލިޓީސް ޕްރޮޖެކްޓް
  20. އެމްއޯޔޫ އޮން ނިއުސް ކޯޕަރޭޝަން

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގެންނަވަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ދެ ގައުމުގެ ރަސްމީ ވާހަކަތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ވާހަކަތަކުގައި ރައީސް މުއިއްޒު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމުގައި އަދާކުރަމުން އަންނަ ރޯލާއި އިޖުތިމާއީ ބޯހިޔާވަހިކަމާއި މަތީ ތައުލީމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެ ގައުމުން ވެފައިވާ އެހީއަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މުސްތަގުބަލުގައި ޓޫރިޒަމް ދާއިރާގެ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދު ދަތުރުކުރާ ފްލައިޓުތައް އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި އެވެ.

ޗައިނާގެ ރައީސް ޝީގެ ވާހަކައިގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން، މި ދަތުރަކީ ރާއްޖެ-ޗައިނާ ގުޅުމުގެ މުޅިން އާ ބާބެއްގެ ފެށުމަކަށް ވާނެ ކަމުގެ ޔަގީންކަށް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ބްލޫ، ގްރީން އަދި ޑިޖިޓަލް އިކޮނޮމީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނީ ދެ ލީޑަރުން ވެސް ތިއްބެވީ ދެ ގައުމުގެ ގުޅުން މުސްތުގުބަލުގައި އިތުރަށް ވަރުގަދަވެގެން ދިޔުމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox