ޗައިނާއާ ސޮއިކުރި އިގުތިސޯދީ އެެއްބަސްވުންތައް ސިއްރުކޮށްފި

ރައީސްގެ ދަތުރުގެ ތެރެއިން މި އެއްބަސްވުންތަކުގައި ސޮއިކުރަނީ. މި ދަތުރުގައި ރާއްޖެ އާއި ޗައިނާއިން 20 އެއްބަސްވުމެއްގައި ސޮއިކުރި - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުގެ ތެރެއިން މި އެއްބަސްވުންތަކުގައި ސޮއިކުރަނީ. މި ދަތުރުގައި ރާއްޖެ އާއި ޗައިނާއިން 20 އެއްބަސްވުމެއްގައި ސޮއިކުރި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް މިދިޔަ މަހުގެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމާ އެކު ސޮއިކުރި 20 އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ސޮއި ކުރި ހުރިހާ އެއްބަސްވުމެއް ސިއްރު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ޗައިނާއާއެކު ސޮއިކުރީ ހަތަރު އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ހަތަރު އެއްބަސްވުމުގެ ތަފުސީލު ވަކި ވަކިން ހޯދުމަށް "އަދަދު" އިން އެދުމުން މިނިސްޓްރީން ވަނީ އެ ތަފުސީލުތައް ދިނުމަށް ދެކޮޅު ހަދާފަ އެވެ.

Advertisement

ވަކިވަކިން ހުށަހެޅި ހަތަރު ހުށަހެޅުމަށް ވެސް މިނިސްޓްރީން އިޖާބަ ދީފައި ނުވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާއާ ހަވާލު ދިނުމަށް ފަހު އެވެ. އެއީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސް އެޅޭ ކަމަށް ބުނެ އެވެ.

"[ހޯދަން އެދިފައިވާ މައުލޫމާތަކީ] މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ހަތްވަނަ ބާބުގެ 31 ވަނަ މާއްދާގެ 1 އަދި 2 ވަނަ ނަމްބަރުގައި ބަޔާންކުރާ ފަދަ މައުލޫމާތެއް ކަމުގައި ދަންނަވަން," ހަތަރު ޖަވާބުގައި ވެސް ބުނެފައިވެ އެވެ.

titledesc

މި ނިންމުން ރިވިއު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ރިވިއު ކޮމިޓީއަށް މިހާރު ވާނީ ހުށަހަޅާފަ އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ސޮއިކުރި ހަތަރު އެއްބަސްވުން ސިއްރުކުރި އިރު، ރައީސްގެ ދަތުރުގެ ތެރެއިން ޗައިނާއިން ވެސް ވަނީ ރާއްޖެ އާއެކު ސޮއިކުރި 20 އެއްބަސްވުމުގެ އަގާއި ތަފުސީލު ހާމަ ކުރަން ދެކޮޅުހަދާފަ އެވެ.

"ދިވެހިރާއްޖޭގެ ރައީސް ޗައިނާއަށް ކުރައްވާ ދަތުރާ ގުޅޭ ގޮތުން ޝައުގުވެރިކަން ފާޅުކުރުމުން އެކަން ބަލައިގަންނަން. [އެއްބަސްވުންތަކާ ގުޅޭ] މައުލޫމާތު ކަރުދާހެއް ވާނީ ހާމަކޮށްފަ. އިތުރު މައުލޫމާތެއް މިވަގުތު ދެވޭކަށް ނެތް،" ނިއުސް އެޖެންސީ އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްްޓްރީގެ ތަރުޖަމާނު މާއޯ ނިންގް، ޖެނުއަރީ 12، 2024 ގައި ވިދާޅުވި އެވެ.

ޗައިނާއިން މި އެއްބަސްވުންތަކުގެ ތަފުސީލު ހާމަނުކުރި ނަމަވެސް، ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމަށް ވަކި ތާރީހެއް ދީފައެއް ނުވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ސިއްރުކުރި ހަތަރު އެއްބަސްވުމަކީ:

  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕޮލިސީ
  • މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ސްޓްރެންތްނިން ޑިޖިޓަލް އިކޮނޮމީ ކޯޕަރޭޝަން
  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޖޮއިންޓްލީ އެކްސެލެރޭޓިން ދަ ފޯމިއުލޭޝަން އޮފް ދަ ކޯޕަރޭޝަން ޕްލޭން އޮން ދަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް
  • މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕްރޮމޯޓިން އިންވެސްޓްމަންޓް ކޯޕަރޭޝަން އިން ގްރީން ޑިވެލޮޕްމެންޓް

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox