Advertisement

މޫދު ހޮލިޑޭސް މޯލްޑިވްސް ގިވްއަވޭ: ދެ މީހަކަށް ރިސޯޓެއްގައި ތިން ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު

11 ފެބުރުވަރީ 2024 - 12:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޫދު ހޮލިޑޭސް މޯލްޑިވްސް: ދެ މީހަކަށް ރިސޯޓެއްގައި ތިން ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު -- ފޮޓޯ: މޫދު ހޮލިޑޭސް


މޫދު ހޮލިޑޭސް މޯލްޑިވްސް ގިވްއަވޭ: ދެ މީހަކަށް ރިސޯޓެއްގައި ތިން ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު

11 ފެބުރުވަރީ 2024 - 12:39 0

ފަލިމް ގްރޫޕްގެ ދަށުން ހިންގާ މޫދު ހޮލިޑޭސް މޯލްޑިވްސްގެ ފަރާތުން މި މަހު ގިވްއަވޭއަކަށް ދެ މީހަކަށް ތިން ދުވަހު ރިސޯޓެއްގައި ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޫދު ހޮލިޑޭސްގެ ސީއޯއޯ ރުކްޝާނާ ނަސީރު ވިދާޅުވީ، މި ގިވްއަވޭގެ ލަކީޑްރޯގައި ބައިވެރިވުމަށް މޫދު ހޮލިޑޭސްގެ ފޭސްބުކް އަދި އިންސްޓަގްރާމްއަށް ރަހުމަތްތެރިޔަކު ނުވަތަ އާއިލާ މީހަކު ބޭނުންވާ ބަޔަކު ނޮމިނޭޓް ކުރެވިދާނެ ކަމަށެވެ.

ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މި މަސް ނިމެންދެން ހުޅުވާލާފައިވާއިރު، ލަކީޑްރޯ ހޮވާނީ މި މަސް ނިމުނީމަ ކަމަށް ރުކްޝާނާ ވިދާޅުވި އެވެ.

"ރިސޯޓަކަށް ދާން އެންމެ ބޭނުންވާ މީހާ ނުވަތަ ރިސޯޓަކަށް ދާހިތްވާ އާއިލާއެއް ވިޔަސް ހަމަ ނޮމިނޭޓް ކޮށްދެއްވަންވީ އެ ބޭފުޅެއްގެ ނަމާ ގުޅޭނެ ނަމްބަރު" ރުކްޝަނާ ވިދާޅުވި އެވެ.

ފަލިމް ގްރޫޕަކީ މުޖުތަމައުއަށް ބޭނުންވާ ކަންކަން ހޯދައި، އެކަންކަން ކޮށްދޭ ކުންފުންޏެއް ކަމަށް ފާހަގަކުރައްވާ ރުކްޝާނާ ވިދާޅުވީ، ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ސިސްޓާ ކޮމްޕެނީތަކުން ގިވްއަވޭތައް ދޭން ފަށާފައިވާ ކަމަށެވެ.

މޫދު ހޮލިޑޭސް އިން އިންޓަނޭޝަނަލް އަދި ލޯކަލް މާކެޓަށް 30 ރިސޯޓާއި ގެސްޓުހައުސްތަކުން ޕެކޭޖްތައް ވިއްކަމުން އަންނައިރު، އެ ޓްރެވެލް އެޖެންސީއަކީ ރާއްޖޭގެ މާކެޓަށް އެންމެ ފުރަތަމަ ޕެކޭޖް ވިއްކަން ފެށި އެޖެންސީ އެވެ.

މޫދު ހޮލިޑޭސް މޯލްޑިވްސްގެ ކޮންމެ ޕެކޭޖެއް ދެ މީހުންނަށް ފަރުމާކޮށްފައިވާއިރު، 180 ޑޮލަރުން ފެށިގެން 700 ޑޮލަރާ ހަމައަށް ޕެކޭޖްތައް ހުރެ އެވެ. ޕެކޭޖު ތެރޭގައި ފުލް ބޯޑް ނުވަތަ އޯލް އިންކްލޫސިވް ޕްލޭން ހިމެނޭއިރު، ޓްރާންސްޕޯޓު ވެސް ހިމެނެ އެވެ.

މޫދު ހޮލިޑޭސްގެ ހިދުމަތްތައް އަންނަނީ ފުޅާ ކުރަމުންވެ. މިގޮތުން ވަރަށް އަވަހަށް ވެބްސައިޓް މެދުވެރިކޮށް އެވޭލަބިލިޓީ ބެލުމަށްފަހު ވަގުތުން ބުކިން ހެއްދޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް އިން ރާއްޖޭގެ ލީޑިން ޓުއާ އޮޕަރޭޓާގެ އެވޯޑް 2016 އަދި 2018 ގައި ހޯދާފައިވާ މޫދު ހޮލިޑޭސް މޯލްޑިވްސްއަށް ފާއިތުވި އަހަރުތަކުގައި ރިސޯޓްތަކުން ޓޮޕް ޕްރޮޑިއުސާ އެވޯޑް ލިބިފައިވެ އެވެ.