އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އަސްލަމް އާއި ސަލީމަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަަސްލަމް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަަސްލަމް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި އެ ދެބޭފުޅުން މަގާމުން ވަކިިކުރަން 23 މެމްބަރުންގެ ސޮޔާއެކު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލައިގެ ނޯޓިސް ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ފޮނުވީ މިއަދު ކަމަށެވެ.

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

އެ މައްސަލަ ހުށަހެޅި އިރު ސިރާޖް ތުހުމަތުކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އަސްލަމް އަމަލުކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ. އަދި އ. އާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް އަސްލަމް ހިލާފު ވެވަޑައިގެންފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށް ވެސް އެ މައްސަލާގައި ތުހުމަތުކުރި އެވެ.

ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް، ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

މަޖިލީހުގެ ގޮނޑިތައް މިވަގުތު ބެހިފައިވާ ގޮތުން މި މައްސަލަ ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީއެއް ސަރުކާރަށް ނެތެވެ. މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަކީ 80 ކަމަށްވާއިރު އެމްޑީޕީގެ 44 މެމްބަރުން އެބަތިއްބެވި އެވެ. އަދި, މިހާރު އެ ޕާޓީއާއެކު ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުންދާތީ މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ނުބެލެވެ އެވެ.

އަސްލަމާއި ސަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުތަކުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox