Advertisement

މަސްވެރި އުފެއްދުންތައް ބްރޭންޑުކޮށް އިޝްތިހާރުކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ

17 ޑިސެންބަރު 2023 - 16:59 0

އަމަން ހަލީމް

އަމަން ހަލީމް

ގދ. ފަރެސްމާތޮޑާ ބޭރުގައި މަސްވެރިކަން ކުރާ އުޅަނދެއް: މަސްވެރިކަން އިޝްތިހާރު ކުރަން މިހާރު އޮންނަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑު -- ފޮޓޯ/މިރާޝް ނާޝިމް


މަސްވެރި އުފެއްދުންތައް ބްރޭންޑުކޮށް އިޝްތިހާރުކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ

17 ޑިސެންބަރު 2023 - 16:59 0

މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓީން އެންޑް ޕްރޮމޯޝަން ކޮޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ)ގެ ނަމުގައި ކުންފުންޏެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ ކަން އިއުލާންކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ކުންފުނީގެ ބޭނުމަކީ އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ.

އެ ކުންފުނިން ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި، އާ މާކެޓުތައް ހޯދުން ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އަދި އެއީ ރާއްޖޭގެ ޓުރިޒަމް އިޝްތިހާރުކުރާ ފަދައިން، ދިވެހި އިގުތިސޯދަށް މުހިންމު ސިނާއަތެއް ކަމުގައިވާ، މަސްވެރިކަން އިޝްތިހާރު ކުރަން އުފައްދާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރަން ހާއްސަ ކުންފުންޏެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ކުންފުނި އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމާ އެކީ އަންނަ އަހަރުގެ ބަޖެޓުން 37 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ބުނަނީ މިއީ މަސްވެރިކަމުގެ ސިނާއަތުގެ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމުގައި ދެކިގެން ކުރާ މަސައްކަތެއް ކަމަށެވެ. މި ކުންފުނި އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މި ކުންފުނި އުފެދުމާ އެކީ މަސްވެރިކަން އިޝްތިހާރުކުރަން އޮންނަ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލާނެ އެވެ.