އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެން: ރައީސް

އިޒްރޭލާ ދެކޮޅު މުޒާހަރާއެއްގައި ބަޔަކު ޝުއޫރުފާޅުކުރަނީ: އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް ލަފާދީފައި -- ފޮޓޯ/އަބްދުﷲ އިޔާން

އިޒްރޭލާ ދެކޮޅު މުޒާހަރާއެއްގައި ބަޔަކު ޝުއޫރުފާޅުކުރަނީ: އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް ލަފާދީފައި -- ފޮޓޯ/އަބްދުﷲ އިޔާން

އިޒްރޭލު ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ ކަންކަމަށް ފާރަވެރިވެ، ފަސްޖެހުމެއް ނެތި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށީ އޮކްޓޯބަރު 7، އިން ފެށިގެން އެ ގައުމުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު މަރާލާފައިވާއިރު، އިޒްރޭލާ ދެކޮޅު އަޑުތައް ރާއްޖޭގައި އިންތިހާއަށް ގަދަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ތިން ކަމެއް އެބަ ކުރެވެ އެވެ.

އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ސިޓީ އާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވާފައިވާ ގަރާރަކާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އިމިގްރޭޝަން ގާނޫނަށް ހުށަހަޅުއްވާފައި އިސްލާހެއްގެ މަސައްކަތެވެ.

ގަރާރުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތް އިރު، ހައިތަމް ފޮނުވި ސިޓީގެ މައްސަލައިގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރަށް ލަފާ އެރުވުމަށެވެ.

ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ލަފާ އެޓާނީ ޖެނެރަލް އޮފީހަށް ލިބިފައިވާ ކަން ހާމަކުރައްވާފަ އެވެ. އަދި "ސީރިއަސް ކަމެއްގެ ގޮތުގައި" އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ގަރާރު ދިރާސާކޮށްފައި ސަރުކާރުގެ އިލްތިމާސެއް، މަޖުބޫރުވާ ކަމެއް ނުވަތަ ކުރަން ޖެހޭ ކަމެއް އޮވެއްޖެއްޔާމުން ވަގުތުން އެ ފިޔަވަޅު އަޅާނަން. އަދި އެކަން އަޅުގަނޑުމެން ކެބިނެޓާ ހަމައަށް ވެސް ގެންނާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގަރާރެއް ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް ގަރާރުގެ މަސައްކަތް އަދި އޮތީ ކޮމިޓީގަ އެވެ. މިހެންކަމުން ގަރާރެއް ކަމަށް ރައީސްއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ބެލެވެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސްއަށް ލަފާދޭން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ މ. އާ ހަވާލާދީ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާ އެވެ.

ކޮމިޓީން ރިއާޔަތްކުރާ އަކުރުގައި ވަނީ "ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުން" އަކީ ރައީސްއަށް ލިބޭ ބާރެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox