ވިނީޝިއުސް އަށް މި އަހަރު ނުކުޅެވޭނެ

Nov 19, 2023, 8:05 AM
ވިނީޝިއުސް އަށް މި އަހަރު ނުކުޅެވޭނެ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ނޮވެމްބަރު 19) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ވިނީޝިއުސް ޖޫނިއާ އަށް މި އަހަރުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ރެއާލުން ހާމަކޮށްފި އެވެ.

ވިނީޝިއުސް، 23، ގެ ފަލަމަސްގަނޑަށް އަނިޔާވީ މިދިޔަ ހަފްތާގައި ބްރެޒިލުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާއާ ވާދަކޮށް ބަލިވި މެޗުގަ އެވެ. އެ މެޗުގައި ވިނީޝިއުސް އަށް އަނިޔާވެގެން، މެޗަށް ފަހު ހެދި ޓެސްޓްތަކަށް ފަހު، އޭނާ ވަނީ ޓީމުގެ ކޭމްޕް ދޫކޮށްލައި، ރެއާލްގެ މެޑިކަލް ޓީމާ އެކު ފަރުވާގެ ކަންކަން ފަށައިފަ އެވެ.

ރެއާލްގެ މެޑިކަލް ޓީމުން ހެދި ފުރަތަމަ ޓެސްޓްތަކުން ހޯދުނު ހޯދުންތަކަށް ބަލާއިރު، ވިނީޝިއުސްގެ ފަލަމަސްގަނޑަށް ލިބިފައިވަނީ ހީކުރި ވަރަށް ވުރެ ބޮޑު އަނިޔާއެެކެވެ. އެހެންވެ، އިތުރު ޓެސްޓްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ހަދާނެ އެވެ.

މެޑްރިޑްގެ ކުޅިވަރު ދިރާސާކުރާ ނޫސްވެރިއެއް ކަމަށްވާ އަރާންކާ ރޮޑްރީގޭޒް ރިޕޯޓްކުރިގޮތުގައި، ވިނީޝިއުސް އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ރެއާލުން ވެސް ވަނީ ވިނީޝިއުސް ދެ މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ވިނީޝިއުސް އަށް މީގެ ކުރިން ވެސް ފަލަމަސްގަނޑުގެ އަނިޔާއެއް ލިބިފައިވާތީ އެވެ. އެއީ، މި ފަހަރު ރެއާލުން ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ފަހަރު ލިބުނު އަނިޔާއާ ހެދި ވިނީޝިއުސް އަށް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މި ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުން ވިނީޝިއުސް ވަނީ ހަ ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox