ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ހަދަން ހުޅުވާލުމަށް ރައީސްގެ ވައުދު

ރައީސް ސޯލިހު ކެމްޕޭން ދަތުރުގައި ބ. ފުޅަދުއަށް ވަޑައިގެން; އެރަށަށް ހަތް ވައުދުވެ ވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހު ކެމްޕޭން ދަތުރުގައި ބ. ފުޅަދުއަށް ވަޑައިގެން; އެރަށަށް ހަތް ވައުދުވެ ވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ބ. އަތޮޅު ގޮއިދޫ, ފެހެންދޫ އަދި ފުޅަދޫ އޮންނަ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅު ރައީސް ފެއްޓެވީ އެ އަތޮޅު ފުޅަދޫ އިންނެވެ. 240 މީހުންގެ އާބާދީ އޮންނަ އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވަނީ އެރަށަށް ހަތް ވައުދުވެ ވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުޅަދޫ އޮންނަ ފަޅު ތެރޭގައި ރިސޯޓެއް ހެދުމަށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލުމާ އެކު, އެކަމަށް ޝައުގުވެރިކަން ފާޅުކުރާނެ އެތައް ބަޔަކު ފަތުރުވެރިކަމުގެ ދާއިރާގައި ތިބޭނެ އެވެ. އަދި ފަތުރުވެރިކަން ކުރުމަށް މުޅި އެ ސަރަހައްދުގައި ވެސް އެއަށްވުރެ ފައްކާތަނެއް ނޯންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއަށްވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް މިހިސާބަކު ނޯންނާނެ. މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮތީ މިތަނުގައި. ހަމައެކަނި އެ ގޮނޑުދޮށް ބަލާލަން އަންނާނެ ކިތަންމެ މީހުން ތިބޭނެ," އެ ފަޅު ތެރޭގައި ރިސޯޓު ހަދަން ހުޅުވާލަން ނިންމެވި ސަބަބު އެމަނިކުފާނު ހާމަކުރެއްވި އެވެ.

ރިސޯޓު ހަދަން ހުޅުވާލުމުގެ އިތުރަށް ވެސް ރައީސް ވަނީ ފުޅަދުއަށް ވައުދުތަކެއް ވެ ވަޑައިގެންފަ އެވެ. އެއީ;

  • ފުޅަދޫގައި ގެންގުޅޭ ކުޑަ ޑިންގީއާއި ދޯނިފަހަރު އެޅުމަށް ފްލޯޓިން ޖެޓީއެއް އެޅުން
  • ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އެޅުން
  • އެކި އުމުރުފުރާގެ މީހުން ބައްދަލުވެ އުޅުމަށް ކޮމިއުނިޓީ ސެންޓަރެއް އެޅުން
  • ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުން
  • ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް އެޅުން
  • ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން.

ރައީސް ވިދާޅުވީ ފުޅަދޫއަށް ގެންނަ ބަދަލާއެކު ފުޅަދޫ ރައްޔިތުންނަށް އުފަވެރިކަމާއެކު ހިތްހަމަޖެހިގެން އުޅެވޭނެ މުސްތަގުބަލެއް ފެނިގެންދާނެ އެވެ. އަދި އެއާއެކު ފުޅަދޫއަށް ބަދަލުކުރަން ބޭނުންވާ ކިތަންމެ ބަޔަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުޅަދޫ ފަދަ ހިތްހަމަޖެހޭ އުފާވެރި ތަނެއްގައި ދިރިއުޅުމަށް ހުރަސް އަޅައި ކުދި ކަންތައްތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.

އާލާސްކަންފުޅާ އުޅުއްވާތީ ކެމްޕޭނު ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު ރައީސް ބ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ފުޅަދޫ, ފެހެންދޫ, ގޮއިދޫ, އޭދަފުށި, ހިތާދޫ އަދި ތުޅާދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox