ރެކޯޑް ފޮތުގައި ލެބްރަން ޖޭމްސްގެ ނަން އަބަދުވެސް އޮންނާނެ

Feb 9, 2023, 4:32 AM
ލެބްރަން ޖޭމްސް، ރެކޯޑް ހެދި ޕޮއިންޓްގެ އަދަދާއި ތާރީހު ލިޔެފައިވާ ކަރުދާސް ގަނޑެއް ހިފައިގެން.

ލެބްރަން ޖޭމްސް، ރެކޯޑް ހެދި ޕޮއިންޓްގެ އަދަދާއި ތާރީހު ލިޔެފައިވާ ކަރުދާސް ގަނޑެއް ހިފައިގެން.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 9) - ދުނިޔޭގެ އެންމެ ފޯރިގަދަ ބާސްކެޓްބޯޅަ ލީގު ކަމަށްވާ، ނެޝަނަލް ބާސްކެޓްބޯލް ލީގު (އެންބީއޭ) ގައި އެންމެ ގިނަ ޕޮއިންޓް އެއްކުރުމުގެ ރެކޯޑް ލޮސް އެންޖެލްސް (އެލްއޭ) ލޭކާސް އަށް ކުޅެމުން އަންނަ ތަރި، ލެބްރަން ޖޭމްސް، މުގުރާލާފައިވާއިރު، އޭނާގެ ނަން އަބަދުވެސް ރެކޯޑް ފޮތުގައި އޮންނާނެ ކަމަށް ބާސްކެޓްގެ ތަޖުރިބާކާރުން ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ކުރީގެ ކުޅުންތެރިޔާ، ކަރީބް އަބްދުލް-ޖައްބާރު، އަތުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރުމުގެ ރެކޯޑް އޮތީ، 38،387 ޕޮއިންޓާ އެކު އެވެ. އިއްޔެ، ލެބްރަން ޖޭމްސް، 38، އެ ރެކޯޑް މުގުރާލީ، އޮކްލަހޯމާ ސިޓީ އަތުން 133-130 އިން ލޮސް އެންޖެލްސް ލޭކާސް ބަލިވި މެޗުގަ އެވެ. އެ މެޗުގައި ލެބްރަން ޖޭމްސް ވަނީ ޖުމްލަ އެކު 38 ޕޮއިންޓް އެއްކޮށްފަ އެވެ.

ކަރީމް، އެންމެ ފުރަތަމަ އެންބީއޭގެ ރެކޯޑް ހެދީ 1984 ވަނަ އަހަރު އެވެ. އެއީ، ލެބްރަން ޖޭމްސް އުފަން ވުމުގެ އަށް މަސް ކުރިންނެވެ. ކަރީމް ކެރިއަރު ނިންމާލިއިރު، 1989 ގައި ވަނީ 1560 މެޗުން 38،387 ޕޮއިންޓް އެއްކޮށްފަ އެވެ. އެ ރެކޯޑް ލެބްރަން ޖޭމްސް މި މުގުރާލީ 1410 މެޗުންނެވެ.

Advertisement

ރެކޯޑް މުުރާލުމާ އެކު ލެބްރަން ޖޭމްސް (ކ) އަށް ހާއްސަ ކުރި ވަގުތުގައި ކަރީމް އޭނާ އަށް ބޯޅަ ހަވާލުކުރަނީ.

ލިވަޕޫލްގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ހުރި ލެބްރަން ޖޭމްސް، ތާރީހީ މި ރެކޯޑް މުގުރާލުމުން، އޭނާ އަށް ކޯޓުމަތީގައި މަރުހަބާ ކިއުމުގައި ކަރީމް ވެސް ބައިވެރިވި އެވެ.

އެންމެ ގިނަ ޕޮއިންޓް އެއްކުރުމުގެ ލިސްޓުގެ ކުރިގައި އޮތީ ލެބްރަން ޖޭމްސް އާއި ކަރީމް އެވެ.

މި ލިސްޓުގެ ތިން ވަނައިގައި އޮތީ 36،928 ޕޮއިންޓް ހޯދާފައިވާ ކާލް މަލޯނީ އެވެ. ހަތަރެއްގައި އޮތީ 2020 ވަނަ އަހަރު މަރުވި، މަޝްހޫރު ލެޖެންޑް، ކޯބީ ބްރަޔަންޓް އެވެ. ބްރަޔަންޓް ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި 33،643 ޕޮއިންޓް އެއްކޮށްފަ އެވެ. ގަދަ ފަހެއްގެ ފަހު ޖާގަ ލިބެނީ، 32،292 ޕޮއިންޓް ހަމަކޮށްފައިވާ ތަރި، މައިކަލް ޖޯޑަން އަށެވެ.

ރެކޯޑް ފޮތުގައި ލެބްރަން ޖޭމްސްގެ ނަން ތާއަބަދަށް އޮންނާނެ ކަމަށް ބާސްކެޓްބޯޅައިގެ ތަޖުރިބާކާރުން ބުނާއިރު، މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ލެބްރަން ޖޭމްސްގެ މި ކާމިޔާބީގައި އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. ލެބްރަން ޖޭމްސް އަކީ ބާސްކެޓްބޯޅައިގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ މޮޅު ކުޅުންތެރިޔާ، ގްރޭޓަސްޓް އޮފް އޯލް ޓައިމް (ގޯޓް) ކަމަށް ވެސް ބައެއް ކުޅުންތެރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox