މެކް އަލިސްޓާ ބްރައިޓަަންގައި ހިތްހަމަޖެހޭ، އަވަސް އަަރުވާލައިގެން ކްލަބު ބަދަލުކުރުމުގެ ވިސްނުމެއް ނެތް

Jan 3, 2023, 6:38 AM
މެކް އަލިސްޓާ ބްރައިޓަަންގައި ހިތްހަމަޖެހޭ، އަވަސް އަަރުވާލައިގެން ކްލަބު ބަދަލުކުރުމުގެ ވިސްނުމެއް ނެތް

ލަންޑަން (ޖެނުއަރީ 3) - ބްރައިޓަންގައި ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެހެން ކްލަބަކަށް އަވަސްއަރުވާލައިގެން ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ބުނެފި އެވެ.

މެކް އަލިސްޓާ ވޯލްޑް ކަޕްގައި ދެއްކި ކުޅުމާ އެކު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯ ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

މެކް އަލިސްޓާ ވަނީ ވަނީ ގަތަރުގައި ކުޅުނު ވޯލްޑް ކަޕްގައި ޖުމްލަ ހަ މެޗުގައި ކުޅެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗުގައި އޭނާ ލަނޑު ވެސް ޖެހި އެވެ.

Advertisement

އަދި ފައިނަލްގައި މެޗުގައި އާޖެންޓީނާގެ އަންހެލް ޑިމާރިއާ ޖެހި އެ ޓީމުގެ ދެ ވަނަ ލަނޑުގައި އެސިސްޓް ހެދީ މެކް އަލިސްޓާ ،23، އެވެ.

މެކް އަލިސްޓާ ބްރައިޓަންއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހަށެވެ. އަދި އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރުމުގެ އިހްތިޔާރު އެބައޮތެވެ. އެ ކްލަބުގެ އުންމީދަކީ ވެސް ކޮންޓުރެކްޓް ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރުމެވެ.

ވޯލްޑް ކަޕްގެ ކާމިޔާބަށް ފަހު، މެކް އަލިސްޓާ އިއްޔެ އެނބުރި ކްލަބާ ގުޅުނުއިރު، ކްލަބުގެ ފަރާތުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

"މި ކްލަބުގެ ކުޅުންތެރިންނާއި ކްލަބުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު އުޅެން އަހަރެން ވަރަށް ހިތްހަމަޖެހޭ،" މެކް އަލިސްޓާ ބުންޏެވެ.

"އަހަރެން އަބަދުވެސް ބުނާ ވާހަކައެއް އެއީ މި ކްލަބުގައި ވަރަށް ހިތްހަމަޖެހޭކަން. އަވަސް އަރުވާލައިގެން އެހެން ކްލަބަކަށް ބަދަލުވާން ބޭނުމެއްނޫން."

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

ވޯލްޑް ކަޕް ކާމިޔާބަށް ފަހު އާޖެންޓީނާގެ ޓީމު އެނބުރި ގައުމަށް ދިއުމުން، އެ ގައުމުގެ ރައްޔިތުން ވެސް ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މެކް އަލިސްޓާ ބުނީ އާޖެންޓީނާގެ ޓީމުން ހޯދި ކާމިޔާބީ އަކީ ކިހާ ބޮޑު ކާމިޔާބެއްކަމުގެ ހަގީގީ އިހުސާސްކުރެވުނީ އާޖެންޓީނާގެ ރައްޔިތުން ޓީމަށް ކިޔި މަރުހަބާ ފެނިފައި ކަމަށެވެ.

"އަހަރެން ފެންކަޅިވި އާޖެންޓީނާ އިން އަހަރަމަނެންނަށް ކިޔި މަރުހަބާއިން. އެ ވަގުތު އިހުސާސްކުރެވުނު މިއީ ކިހާވަރެއްގެ ކާމިޔާބެއްކަން،" މެކް އަލިސްޓާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox