ވޯލްޑް ކަޕަށް ފަހު ޗުއްޓީއެއް ނެތް، އެމްބާޕޭ ޕްރެކްޓިހަށް!

Dec 22, 2022, 3:02 AM
ވޯލްޑް ކަޕަށް ފަހު ޗުއްޓީއެއް ނެތް، އެމްބާޕޭ ޕްރެކްޓިހަށް!

ޕެރިސް (ޑިސެމްބަރު 22) - މިދިޔަ އާދިއްތަ ދުވަހު ފީފާ ވޯލްޑް ކަޕްގެ މި ފަަހަރުގެ މުބާރާތުގެ ފައިނަލުން ބަލިވި ފްރާންސް ޓީމުގައި ހިމެނޭ ތަރި ކީލިއަން އެމްބާޕޭ، ޗުއްޓީ އަށް ދިއުމުގެ ބަދަލުގައި ޕީއެސްޖީގެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

އެމްބާޕޭ، 24، ގެ ހެޓްރިކާ އެކު ފްރާންސް އިން، މިދިޔަ އާދިއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި 3-3 އިން އާޖެންޓީނާއާ އެއްވަރުވިއިރު، ޕެނަލްޓީގައި އާޖެންޓީނާ މޮޅުވީ 4-2 އިންނެވެ.

އެ މެޗަށް ފަހު، ފްރާންސް ޓީމުން އެނބުރި ގައުމަށް ގޮސް، އެ ގައުމުގެ ރައީސް އެމަނުއަލް މެކްރަންގެ ދައުވަތަކަށް ހާއްސަ އިވެންޓެއްގައި ބައިވެރިވުމަށް ފަހު، އެއް ދުވަހުގެ ބްރޭކެއް ނަގައި، އެމްބާޕޭ ވަނީ އިއްޔެ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުމެފަ އެވެ.

Advertisement

އެމްބާޕޭ އިއްޔެ ޕީއެސްޖީގެ ޓްރެއިނިން ސެންޓަރުގައި: އަވަހަށް ޕްރެކްޓިހަށް ނުކުންނަން ނިންމުމަކީ އެމްބާޕޭގެ އަމިއްލަ ނިންމުމެއް.

ފީފާ އާއި ފިފްޕްރޯ (ކުޅުންތެރިންގެ ހައްގުގައި އޮންނަ ޖަމިއްޔާ) އިން އެއްބަސްވެފައިވާ އުސޫލުތަކަށް ބަލާއިރު، ވޯލްޑް ކަޕަށް ފަހު ކުޅުންތެރިއަކު ބޭނުންނަމަ 14 ދުވަހުގެ ބްރޭކެއް/ޗުއްޓީއެއް ނެގޭނެ އެވެ. އެއީ ކުޅުންތެރިންނަށް އޮންނަ ހައްގެކެވެ. އެކަމަކު، ކުޅުންތެރިން ބޭނުންނަމަ ޗުއްޓީ ކުރުކޮށްލައި، ކިތަންމެ އަވަހަށް ވެސް ކްލަބްގެ ޕްރެކްޓިހަށް ނުކުންނަން ވީ އެވެ. އެ ގޮތުގެ މަތިން، އެމްބާޕޭ ނިންމީ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވިތާ 72 ގަޑިއިރު ތެރޭ، ކްލަބްގެ ޕްރެކްޓިހަށް ނުކުތުމަށެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ އެމްބާޕޭ ޕީއެސްޖީގެ ޕްރެކްޓިހަށް އެހާ އަވަހަށް ނުކުމެ، އެ ދިނީ ސިގްނަލެއް ކަމަށެވެ. އެއީ، ވޯލްޑް ކަޕް ކަހަލަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވެފައި، އެ މުބާރާތުގެ ފައިނަލުން ބަލިވިޔަސް، އެއީ ހިތްމަރުވާން ޖެހޭ ކަމެއް ނޫންކަން ސާބިތުކޮށްދީ، ކުރިއަށް ވިސްނައިގެން އެމްބާޕޭ ދެއްކި ސާބިތުކަމަކީ އޭނާ ފަަހަތަށް ނުޖެހޭނެ ކަމުގެ ހެއްކެއް ކަމަށް ގަލްޓިއޭ ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ފްރެންޗް ލީގު ފަށާނީ އަންނަ ހަފްތާގަ އެވެ. ވޯލްޑް ކަޕްގެ މެދުކެނޑުމަށް ފަހު، އެނބުރި އައިސް ޕީއެސްޖީ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 28 ވަނަ ދުވަހު ބައްދަލުކުރާނީ ސްޓްރާސްބޯއާ އެވެ.

ވޯލްޑް ކަޕްގައި އަށް ގޯލު ޖެހި އެމްބާޕޭ، މި ސީޒަނުގައި ޕީއެސްޖީގައި ވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެ ގޮތުން ޕީއެސްޖީގެ 20 މެޗުން 19 ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox